ޚަބަރު
އިސްލާމީ މަރުކަޒަކާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ހިމެނޭހެން ށ. ފުނަދޫގެ ތަރައްޤީއަށް އިންގިލާބީ ބަދަލެއް ގެންނާނެ 8 މަޝްރޫއެއް!

ށ. ފުނަދޫގެ ތަރައްޤީއަށް ހިންގާ 8 މަޝްރޫޢެއްގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒަކާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުން ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓާއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްވެސް މެއެވެ.

92.73 މިލިއަން ރުފިޔާގެ ބަނދަރު މަޝްރޫޢުގެ ދަށުން 70,693 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 340 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫޢު 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 3.85 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށް، ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. 105.48 މިލިއަން ރުފިޔާގެ މި މަޝްރޫޢު 520 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ފުނަދޫ ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަކީ ފުނަދޫގެ ތަރައްޤީއަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްއޭސީއެލާއި ހަވާލުކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

މީގެ އިތުރުން، ފުނަދޫ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއި ހަވާލުކޮށްފައިވާއިރު، މިކަމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ނޮދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ ޢަބްދުﷲ ސިނާންއެވެ. އަދި ފުނަދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްއެވެ.

ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހިމާޔާތްކޮށްފައިވާ ށ. ފަރުކޮޅުގެ ނޭޗަރ ޕާކުގެ ކޮންސެޕްޓް ތަޢާރަފުކޮށް އެރަށް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ރޭންޖަރސްއަށް ޔުނިފޯމްވެސް ހަވާލުކޮށްފައިވަނީ މި ރަސްމިއްޔާތުގައެވެ. އެގޮތުން ރޭންޖަރސްއަށް ޔުނިފޯމްތައް ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމްއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment