މައުލޫމާތު
ފަތިސްތަރި: މާ ބޮޑަށް ފަލަ ވަނީ؟ ފުރަތަމަ ފަލަވާ ސަބަބު އެނގުން މުހިންމު! ދެން މިބުނެދޭ ގޮތަށް ކަންތައް ކޮށްލަމާ ބަހީ!

ހަށިގަނޑުގެ ބަރުދަން ދަށްކުރުމަކީ ގިނަ ބައެއްގެ އަމާޒަކަށްވެފައިވާ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ގިނަ މަސައްކަތްތަކަކާއި ކެތްތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ވަކި އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅެން ޖެހެއެވެ.

ފުރަތަމަ ކަމަކީ ތިމާގެ ހަށިގަނޑަށް ފަލަވުމުގެ މި ބަދަލު އަންނަ ސަބަބު ދެނެގަތުމެވެ. ބައްޔަށް ފަރުވާ ކުރެވޭނީ ބަލި އެނގިގެންތާއެވެ. އެހެންކަމުން ފުރަތަމަ ފަލަވަނީ ކީއްވެގެންތޯ ބަލަމާ ހިނގާށެވެ. މީހާގެ ބަރުދަަން އިތުރުވެ ފަލަވުމަކީ އާންމުކޮށް ގިނަބަޔަކު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ އަސްލު ސަބަބުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ހަށިގަނޑު ފަލަވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މެޓަބޮލިޒަމް އާއި ކެލޮރީސްގެ ބެލެންސްއެވެ.

މެޓަބޮލިޒަމްއަކީ ހަށިގަނޑުގައި ކާނާ ހަކަތައަށް ބަދަލުކޮށްދޭ ކެމިކަލް ރިއެކްޝަނެވެ. މީގެ ދެބައި ކަމުގައިވާ އެނަބޮލިޒަމް އާއި ކެޓަބޮލިޒަމްގެ މަސައްކަތް ހިނގަނީ އެއްވަގުތެއްގައެވެ. ބޭސަލް މެޓަބޮލިކް ރޭޓް (ބީއެމްއާރު) ދަށް މީހުން އެހެން މީހުންނަށްވުރެ ފަސޭހައިން ފަލަވެއެވެ. މިއީ ޖެނެޓިކް އަދި ސިއްހީ ހާލަތާވެސް ގުޅިފައިވާ ކަމެކެވެ.

ހަށިގަނޑު ފަލަވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކާއެއްޗެހީގައި ހުންނަ ކެލޮރީސްއެވެ. ދުވާލެއްގެ މައްޗަށް މީހަކު އަންދާ ކެލޮރީސްގެ މިންވަރު ބިނާވަނީ ކަސްރަތާއި، ގައިގައި ހުންނަ މަހާއި ސަރުބީގެ މިންވަރުގެ މައްޗަށެވެ. ކަސްރަތަކީ ހަމައެކަނި ކެލޮރީސް އެންދުމަށް ނޫން، ޖިސްމާނީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެކެވެ.

އެހެންކަމުން، ހަށިގަނޑު ފަލަވުމުގެ ސަބަބުތައް ދެނެގަތުމަށްޓަކައި މެޓަބޮލިޒަމްގެ މިންވަރާއި، ކާ އެއްޗެހީގެ ބާވަތްތަކާއި، ކަސްރަތުގެ މިންވަރު ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިކަންކަން ރަނގަޅުކޮށްގެން ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރެވިދާނެއެވެ.

ދެން މިއޮތީ މެޓަބޮލިޒަމާއި ކެލޮރީސްގެ ދައުރު އެނގި ފަލަވާ ސަބަބުތައް ދެނެގަތުމަށްފަހު

ހިކެން މަސައްކަތް ކުރުން

ބަރުދަން ދަށްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ކެއުމުގެ އާދަތައް ރަނގަޅު މިސްރާބަކަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި ކާއެއްޗެހި ލަސްލަހުން ކެއުމާއި، ރަނގަޅަށް ހެފުން ހިމެނެއެވެ. ކޮންމެ 4 ގަޑިއިރަކުން ލުއިކޮށް ކެއުމާއި، ކެއުމުގެ ކުރިން ފެންބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކާއިރު ތަށީގެ ދެބައިކުޅަ އެއްބައި ތަރުކާރީއަށް، ހަތަރުބައިކުޅަ އެއްބައި ހޯލްގްރެއިންސްއަށް، އަނެއް ހަތަރުބައިކުޅަ އެއްބައި ޕްރޮޓީނަށް ބަހާލައިގެން ކެއުން މުހިންމެވެ.

ދިރިއުޅުމުގެ އާދަތައް ބަދަލުކުރުން: ރަނގަޅު ނިދުމާއި، ހެލިފެލިވެ އުޅުމަކީ ބަރުދަން ދަށްކުރުމަށް އެހީވެދޭނެ މުހިންމު ކަންކަމެވެ. ހަކުރު ގިނަ ބުއިންތަކާއި ޖޫސްތަކުގެ ބަދަލުގައި ހަކުރު މަދު އެއްޗެހި ބޭނުންކުރުމާއި، ބަނޑު 80 ޕަސެންޓަށްވުރެ ބޮޑަށް ނުފުރާ ގޮތަށް ކެއުން ބެހެއްޓުން މުހިންމެވެ. އަދި ކެވޭ އެއްޗެހި ނޯޓުކުރުމަކީ ކެއުމުގެ އާދަތައް ބަދަލުކުރުމަށް އެހީވެދޭނެ ކަމެކެވެ.

ގޭތެރޭގެ މާހައުލު ބައްޓަންކުރުން: ގޭގައި ކޯކް، ޗޮކްލެޓް އަދި ޗިޕްސް ފަދަ ނުބައި ކާނާ ނުބެހެއްޓުމަކީ މުހިންމު ކަމެކެވެ. މީގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކާނާ، ޚާއްޞަކޮށް ތަރުކާރީއާއި މޭވާ ފަދަ ތަކެތި ފަސޭހައިން ލިބެން ހުރުން މުހިންމެވެ. އަދި ކުޑަ ސައިޒުގެ ތަށިތައް ބޭނުންކުރުމުން ކާ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ.

ބަރުދަން ދަށްކުރުމަކީ ކެތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ. ކާމިޔާބު ހޯދުމަށްޓަކައި އިސްވެ ދެންނެވުނު ކަންތައްތައް ގަވާއިދުން ކުރުމާއެކު، އަމިއްލަ ނަފްސަށް ކެތްތެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުން މުހިންމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!