ޚަބަރު
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާ: އެކަކު މަރުވެ، 2 މީހަކު އަދިވެސް ނުފެނޭ!

ރޭ ދަންވަރު މާލެއިން ރީތިރަށް ރިސޯޓަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އަނެއް 2 މީހަކު އަދިވެސް ނުފެންނަކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް 4 މީހަކު ސަލާމަތްކުރެވުނުއިރު، ގެއްލުނު މީހުންގެ 3 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ކަނޑުގެ އަޑިން ނަގާފައިވާކަމަށެވެ. މި މީހާ ފެނިފައިވަނީ މިއަދު ހެނދުނު 08:04 ހާއިރުއެވެ. އަދި އަނެއް ދެ މީހުން އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.

މަރުވެފައި އޮއްވައި ފެނުނު މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment