ޚަބަރު
ތިނަދޫ މިއުޒިއަމް ޕާކުގެ އިމާރާތެއްގެ ބޭރު ބިތްގަނޑުން ފިލައެއް ވެއްޓި، މީހަކު ޒަޚަމް ވެއްޖެ

ތިނަދޫ މިއުޒިއަމްޕާކުގެ އިމާރާތެއްގެ ބޭރު ބިންގަނޑުން ފިލައެއް ވެއްޓި، މީހަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފިލާ ވެއްޓި އަނިޔާވެފައިވަނީ ކައުންސިލުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކަށެވެ.

މިއުޒިއަމް ޕާކު އިމާރާތަކީ ތިނަދޫސިޓީގެ ގިނަ ބަޔަކު އާންމުކޮށް ވަދެ ނުކުމެ ހަދާ ޕާކަކަށް ވީއިރު، މިގޮތަށް އިމާރާތުން ފިލާތައް ނެއްޓޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ހައްލެއް ނުލިބިވަނިކޮށް މިއަދު މިވަނީ މީހަކަށް އެފަދަ ހާދިސާއެއް މެދުވެރިވެ ޒަޚަމްވެފައެވެ، މިހާރު ތިނަދޫ މިއުޒިއަމްޕާކުގެ މިއިމާރާތް ބަލަހައްޓަމުން ދަނީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.

ތިނަދޫ މިއުޒިއަމް ޕާކުގެ އިމާރާތެއްގެ ބޭރު ބިތްގަނޑުން ފިލައެއް ވެއްޓުން—ފޮޓޯ:ހުވަދޫމީޑިއާ

މިއުޒިއަމްޕާކަކީ ތިނަދޫގައި މީހުން އަލުން އާބާދުވިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ތަރައްޤީކުރި މަޝްރޫއެކެވެ. މި ޕާކުގައި ކުޑަކުދިންގެ ޕާކަކާއި، ވޯޓަރ ޕާކަކާއި އަދި ފަސް އިމާރާތް ހިމެނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރި މި މަޝްރޫއުގައި މިޔުޒިޔަމްއެއް، ކުޅިވަރު ކުޅޭ ސަރަހައްދެއް، އޯޑިޓޯރިއަމްއެއް، ލައިބްރަރީއެއް އަދި ދަސްކުރުމުގެ މަރުކަޒެއް ހިމެނެއެވެ.

މި އިމާރާތުގެ ބައެއްގައި މިހަފުތާގެ އަންގާރަ ދުވަހުގެ ވަނީ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމަށް ލަފާކުރެވެނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށް ވެއެވެ.

މިއީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވި ހަނދާނުގައި ތަރައްޤީކުރި ތަނެއް ނަމަވެސް، މިހާރު އެތަން ވަނީ ބަންދުކުރެވިފައެވެ. މިއަދު ހެނދުނު ހިނގި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައި ނުވާކަން ފާހަގަކުރަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment