ރިޕޯޓް
ރާއްޖޭގެ ކޮވިޑަށް އިސްލާހެެއް!

މުޅި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިވާ ކޮވިޑު19 ގެ ސަބަބުން ދިވެހިރާއްޖެއަށް ވެސް ވަނީ ނުހަނު ބޮޑު ގެއްލުމެެއްލިބިފައެވެ. އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން ބެލިކަމުގައި ވިޔަސް ލިބިފައިވާ ގެއްލުން ނުހަނު ބޮޑެވެ. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކެވިގެންވާ ކުޑަ ގައުމަކެވެ. އަދި މި ކުޑަ ގައުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން މިޖެހެނީ ބޭރުން އެތެރެކުރާ ތަކެތިންނެވެ. މުޅި ރާއްޖެ ބަރޯސާވަނީ ރާއްޖެއިން ބޭރަށެވެ. ކާބޯތަކެތިން ފެށިގެންގޮސް އެންމެ އާދައިގެ ބޭނުންތަކަށް ގެންނަ ތަކެއްޗަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންނަ ތަކެެއްޗެވެ.

ރާއްޖޭގެ އިޤްތިސާދު ދަމަހައްޓަން އެންމެ ބޮޑު ރޯލެއް އަދާކުރަނީ ފަތުރުވެރިކަމާއި މަސްވެރިކަމުންނެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ. މަސްވެރިކަމަށް ވެސް ވީ އެހެންނެވެ. އާންމު ރައްޔިތުންނަށް އާމްދަނީ ހޯދަން އިތުރު ގޮތްތަކެއް ޚިޔާރުކުރަން މަޖުބޫރުވިއެވެ. ނަތީޖާއެއްގެ ގޮތުން ފެނުނީ ވަރަށް ޒަމާން ވަންދެން ނުފެނި ހުރި މަންޒަރުތަކެކެވެ. މީގެ އެތައް އަަހަރެއް ކުރިން ބިދޭސީންގެ އަތްމައްޗަށް ދޫކޮއްލެވުނު މަސައްކަތްތެރިކަމަށް ދިވެހިން އަންނަންފެށުމެވެ. ހިތްގައިމު މަންޒަރުތަކެކެވެ.

އަނެއްކާވެސް މާގިނަ ދުވަސްތަކެއްނުވެ ކޮވިޑް އުތުރިގަތެވެ. މިފަހަަރު އައީ ނިގުލަކާއި ދަޅަކާއި ވެސް އެކުއެވެ. ކައިރިން ހިގާލިޔަސް އަރާ ކާލައެވެ. ބޮޑު ޖަންގައްޔެއްގައި އަލިފާން ފެތުރޭހާ ބާރުމިނުގައި ފެތުރިގަތީ އެއްކަލަ މަސައްކަތްތެރިންގެ މަސައްކަތްތައްވެސް ހުޓުވާލާފައެވެ. ރާއްޖޭގެ ރެކޯޑް އަދަދަކަށް ކޮވިޑަށް ފައްސިވުމާއިއެކު ސަރުކާރުން ނިންމީ ލޮކްޑައުނަށެވެ. އެކަމަކު ދިވެހީން ތިބީ ގޮތުގައެވެ. ކޮވިޑަކަށް ބެލުމެއްނެތި އަމިއްލަ ދިރިއުޅުމާއިގެން ކުރިޔަށެވެ. ފިޔަވަޅުތައް ވަރުގަދަ ނުކުރިނަމަ މި ވަބާއިން ސަލާމާތްވާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. އެތައްބައެއްގެ ހިތްވަރާއި މަސަތްކަތާއި މާތްﷲ ގެ ވާޤިފުޅުން ކޭސްތައް މިއަދު މަޑުމަޑުން މަދުވާންފަށައިފިއެވެ.

މިދިޔަހޯމަދުވަހަކީ ޖެހިޖެހިގެން މުޅިރާއްޖެއިން ފައްސިވާ އަދަދު 100 އިން ދަށުގައި އޮންނަތާ 4 ދުވަސް ވީ ދުވަހެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުގައި ކޮވިޑަށް ފަރުވާދެމުން ދާ މީހުންގެ އަދަދުތައް ދަށަށް ގޮސް 15 އަށް ވަނީ ދަށްވެފައެވެ. މިއީ ދިވެހިންނަށް ސަރުކާރުންނާއި ސިއްޙީ މާހުރުންގެ އިރުޝާދުތަކަށް ބޯލަނބައި ކުރިޔަށްދާން ލިބުނުހިއްވަރެކެވެ. މި ބައްޔަކީ ކޭސްތައް މަދުވި ކަމުގައިވިޔަސް މިއާއި އެކު އުޅެން ދަސްކޮށް ނިއު ނޯމަލްއަށް ތައްޔާރުވާންވީ ވަގުތަކަށް ހެދުން މުހިންމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!