ޚަބަރު
ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާ: ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، އިތުރު މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ދެވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ހަށިގަނޑު ނެގީ ކަނޑު އަޑިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު ފެނުނު ފުރަތަމަ މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ އަހުމަދު ޝިފާން، 38 އެވެ. އަދި މިއަދު ފެނުނު ދެވަނަ މީހާ އާއި ތިންވަނަ މީހާ ދެ މީހުންނަކީ ބިދޭސީން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ހާދިސާ ހިނގީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރުގައި ކަމަށާއި، ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އުޅަނދުގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ. ހާދިސާ ހިނގާފައިވާ ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، ގެއްލުނީ 3 މީހުންނެވެ. ދެ މީހުންގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު 3 ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment