ޚަބަރު
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ފަރުކޮޅު ނޭޗާޕާކް ކޮންސެޕްޓް ތައާރަފްކޮށް، ރޭންޖާސްއަށް ޔުނީފޯމް ހަވާލުކޮށްފި

ކޮންމެ އަތޮޅެއްގައި ނޭޗާޕާކެއް ގާއިމުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ހިމާޔަތްކޮށްފައިވާ ފަރުކޮޅު ނޭޗާޕާކްގެ ކޮންސެޕްޓް ތައާރަފްކޮށްފިއެވެ.

ށ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި، ށ. ފަރުކޮޅުގައި ގާއިމުކުރާ ނޭޗާޕާކާ ގުޅޭ ވީޑިއޯއެއް ދައްކާލުމާއެކު، ފަރުކޮޅު ބަލަހައްޓަން ހަވާލުކޮށްފައިވާ ރޭންޖާސްއަށް ޔުނީފޯމް ހަވާލުކުރެވުނެވެ. ރޭންޖާސްއަށް ޔުނީފޯމް ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އެވެ.

ފުނަދޫއާ އިންވެގެން އޮންނަ ފަރުކޮޅުގައި ނޭޗާޕާކެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެވެ. ފަރުކޮޅަކީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިމާޔަތްކުރެވުނު، ހަތް ކުޅިއަކާއި ޗަސްބިމެއް އޮންނަ، ރަނޑޫ، ބުރެވި، ތަކަފަތި ފަދަ ނެތިދިއުމުގެ ބިރު އޮތް ގަސްތައް ހުރި، އަދި ގިނަ ދޫނިތަކުގެ މަންޒިލަކަށްވެފައިވާ ރަށެކެވެ.

މި ނޭޗާޕާކުގައި ކެނޯ ދުއްވުމާއި، ޕިކްނިކް ސަރަހައްދު އަދި ދުވަހު ކުއްޔަށް ބޭނުންކުރެވޭ ކޮޓަރިތަކާއި ވިޒިޓަރ ސެންޓަރު ފަދަ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ރަށް ބޭނުންކުރުމަށް މަގުފަހިކޮށް، އިޖްތިމާއީ އަދި މާލީ މަންފާ ލިބޭ ގޮތަށް ފަރުކޮޅު ޑިޒައިންކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފަރުކޮޅަށް އަމާޒުކޮށް ސަރުކާރުން ވަނީ “ކޮންޒަވޭޝަން އޮފް އެޓޯލް އީކޯ ސިސްޓަމް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓިވް އޭރިއާ އެސްޓޭޓް” ނަމުގައި މަޝްރޫއެއް ހިންގަން ނިންމާފައެވެ. މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭ އެހީގެ ދަށުން އައިޔޫސީއެންގެ އެހީތެރިކަމާއެކު ހިންގާ ޕްރޮޖެކްޓެކެވެ. މި މަސައްކަތް މިހާރު ފެށިގެންދާއިރު ފަރުކޮޅުގައި ދެ ރޭންޖަރުން ހަރަކާތްތެރިވަމުންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment