ޚަބަރު
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަނީ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެކި ކަންކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކާއި ފަރުދުންގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވައިލައި، އެ އިދާރާއިން މިއަދު ގެޒެޓުކޮށްފިއެވެ.

ކަސްޓަމްސް ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ މި އުސޫލުގެ ދަށުން، އެ އިދާރާއަށް 10،000 ރުފިޔާއަށް ވުރެ މަތިން ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރެވޭނެއެވެ. ނަމަވެސް ނަން ހާމަކުރުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ލިޔުމުން ފައިސާ ދެއްކުމަށް އަންގާނެއެވެ. މި ލިޔުން ހަވާލުކުރެވޭނީ ސީދާ އަތުން އަތަށް ނުވަތަ ދީފައިވާ އެޑްރެހަށް ފޮނުވައިގެން ނުވަތަ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

ފައިސާ ނުދައްކާ ފަރާތްތަކާ ގުޅޭގޮތުން ހާމަކުރެވޭނެ މައުލޫމާތުގެ ތެރޭގައި އެ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސްގެ ރަޖިސްޓްރީ ނަންބަރު، ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ނުދައްކާ އޮތް ފައިސާގެ އަދަދު އަދި ފައިސާގެ ބާވަތް ހިމެނެއެވެ. މި މައުލޫމާތު އާންމުކުރެވޭނީ ސަރުކާރުގެ ގެޒެޓާއި، ކަސްޓަމްސްގެ ވެބްސައިޓް އަދި މީސްމީޑިއާ ޕްލެޓްފޯމްތަކުގައެވެ.

އުސޫލުގައިވާ ގޮތުން، ކޮންމެ މަރުހަލާއެއްގައިވެސް ފައިސާ ދެއްކުމަށް 15 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި ބަހާލައިގެން ފައިސާ ދެއްކުމަށްވެސް ފުރުސަތު ދެވޭނެއެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ ފަރާތްތައް މި އުސޫލުން އިސްތިސްނާވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment