ޚަބަރު
ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެފައިވާ 700 އަށްވުރެ ގިނަ އުޅަނދު

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެ، ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ 716 އުޅަނދުގެ މަޢުލޫމާތު މިމަހުގެ 14 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްކުރިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި މި އުޅަނދުތަކުގެ ތެރޭގައި ކާރާއި، ސައިކަލު، ޕިކަޕް އަދި ވޭން ހިމެނެއެވެ. މިއީ މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގައި، މަގުތަކުގެ ޓްރެފިކް މެނޭޖްކުރުން ފަސޭހަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

މަގުމަތީގައި ހުންނަ ގިނަ ދުވަސްވީ އުޅަނދުތައް ނެގުމަށްފަހު އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އެކި ދުވަސްވަރު ފުލުހުން ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ބައެއް އުޅަނދުތަކުގެ ވެރިފަރާތުން އުޅަނދު ނައްތާނުލާ މަގުމައްޗަށް ދޫކޮށްލުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

މަގުމަތީގެ ދެފަރާތުގައި މިފަދަ އުޅަނދުތައް ޕާކުކޮށްފައި ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުންކުރާ އުޅަނދުތައް ޕާކުކުރާނެ ޖާގަ ނެތުމާއި، ޓްރެފިކަށް ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި މައްސަލައަށް ހައްލު ގެނައުމަށާއި މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށްޓަކައި، އެކި ހިސާބުތަކަށް ދޫކޮށްލާފައި ހުންނަ މިފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދަވާ ކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment