ޚަބަރު
ށ ވަށަފަރުގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމު ކުރުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތާއެކު، އިތުރު 10 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝާދެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުތައް ހިންގޭ ރަށްތައް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ފުޓްސަލް ދަނޑެއް ޤާއިމުކުރެވޭއިރު، ލ. ހިތަދޫ އަދި ލ. މާވަށުގައި އައުޓްޑޯ ވޮލީ ކޯޓު ޤާއިމުކުރެވޭނެއެވެ. އަދި ހއ. ވަށަފަރުގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރެވޭނެއެވެ.

މީގެއިތުރުން، މާލެ އަތޮޅުގެ 6 ރަށެއްގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރެވޭނެއެވެ. މިގޮތުން ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ތުލުސްދޫ، ކ. ހިންމަފުށި އަދި ކ. ހުރާގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގޭ މަޝްރޫޢުތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment