ޚަބަރު
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުންގެ އިލްތިމާސް

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަހެވެ. އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ކުށްކުރުމުގެ ވައްޓަފާޅި ޓެކްނޮލޮޖީއާއެކު އަންނަނީ ބަދަލުވަމުންނެވެ. މިފަދަ ކުށްތަކުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް ޚާއްސަ ސަމާލުކަމެއްދެމާ ހިނގާށެވެ.

ވަރުގަދަ ޕާސްވޯޑް ބޭނުންކުރުން

އެކައުންޓުތަކުގައި ބޭނުންކުރާ ބަލިކަށި ޕާސްވޯޑަކީ ހެކަރުންނަށް ހުޅުވިފައިވާ ދޮރެކެވެ. ބަލިކަށި ޕާސްވޯޑުތައް ބޭނުންކުރުމަކީ އޮންލައިންގެ ރައްކާތެރިކަމަށް އޮތް ވަރަށްބޮޑު ނުރައްކަލެކެވެ. ވަރުގަދަ ޕާސްވޯޑުތައް ބޭނުންކުރުމަކީ ޑިޖިޓަލް ދުނިޔެ އިތުރަށް ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ޕާސްވޯޑް މެނޭޖަރެއްގެ ބޭނުންހިފުން

ވަރުގަދަ، ދިގު ތަފާތު ޕާސްވޯޑުތައް ހަނދާނުގައި ބެހެއްޓުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރެވިދާނެއެވެ. ޕާސްވޯޑު މެނޭޖަރަކީ ވަރުގަދަ ޕާސްވޯޑުތައް ޖެނެރޭޓްކުރުމާއި ޕާސްވޯޑުތައް ރައްކާކުރުމުގެ އިތުރުން އައިޑީކާޑާއި ޕާސްޕޯޓު ފަދަ މުހިންމު މައުލޫމާތު ރައްކާކުރުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޕާސްވޯޑު މެނޭޖަރު ބޭނުންކުރާނަމަ ހަނދާނުގައި ބަހައްޓަން ޖެހޭނީ ހަމައެކަނި ޕާސްވޯޑު މެނޭޖަރަށް ވަނުމަށް ބޭނުންކުރާ ޕާސްވޯޑެވެ.

މަލްޓި ފެކްޓަރ އޯތެންޓިކޭޝަން

މަލްޓިފެކްޓަރ އޯތެންޓިކޭޝަން (އެމްއެފްއޭ) އޮންކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ އޮންލައިން އެކައުންޓުތަކާއި އެޕްލިކޭޝަންތަކަށް އިތުރު ސަލާމަތްތެރިކަމެއް ފޯރުކޮށްދޭ ނިޒާމެކެވެ. މަލްޓިފެކްޓަރ އޯތެންޓިކޭޝަން އޮންކޮށްފައިވާނަމަ ހެކަރަށް ތިމާގެ ޕާސްވޯޑު ލިބުނުކަމުގައި ވިޔަސް ހަަމައެކަނި އެ ޕާސްވޯޑު ބޭނުންކޮށްގެން އެކައުންޓަށް ލޮގިން ނުވެވޭނެއެވެ. އެމްއެފްއޭ ހެދުމުން، މެސެޖަކުން ނުވަތަ އީމެއިލްއަކުން ފޮނުވޭ ކޯޑެއް، އެޕްއަކުން އުފައްދާ ކޯޑެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ މޫދު ދެނެގަތުން ފަދަ ބަޔޯމެޓްރިކްސް އޯތެންޓިކޭޝަން އިތުރު ސެކިއުރިޓީ ލޭޔަރއެއް ލެވިގެންދާނެއެވެ. ސެކިއުރިޓީ މާހިރުންގެ ނަޒަރުގައި އެމްއެފްއޭ ގޮތުގައި އޯތެންޓިކޭޝަން އެޕްތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު އެއްގޮތެވެ.

ސޮފްޓްވެއާ އަޕްޑޭޓްކުރުން

އަޕްޑޭޓް އެލާޓެއް ފެންނަ ހިނދު، ލަސްނުކޮށް އަޕްޑޭޓްކުރަން އާދަކުރާށެވެ. ސޮފްޓްވެއާ އަޕްޑޭޓްސްއަކީ ސޮފްޓްވެެއާގައި ހުންނަ ބަލިކަށިކަން ފޫބެއްދުމަށް ނެރޭ އަޕްޑޭޓްސްއެކެވެ. މި އަޕްޑޭޓްސްތައް ގަވާއިދުން އިންސްޓޯލް ނުކުރާނަމަ ސޮފްޓްވެއާގައި ހުންނަ ބަލިކަށިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ހެކަރުން ހަމަލާދޭން މަސައްކަތް ކުރާނެއެވެ. ސޮފްޓްވެއާ އަޕްޑޭޓްކޮށްފައި ބެހެއްޓުމަކީ ޓެކްނޮލޮޖީގެ ބޭނުން ރައްކާތެރިގޮތުގައި ހިފުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މިކަން އިތުރަށް ފަސޭހަކުރުމަށް އޮޓޮމެޓިކް އަޕްޑޭޓްތައް އޮން ކޮށްލާށެވެ.

ފިޝިންގ ލިންކުތައް ދެނެގަނެ ރިޕޯޓުކުރުން

ފިޝިންގ ސްކޭމްތަކަކީ އިތުބާރުހުރި މަސްދަރަކުން ފޮނުވާ މެސެޖެއް ކަމަށް ފެންނަގޮތަށް ފަރުމާކޮށްފައި ހުންނަ ހީލަތްތެރި އޮންލައިން މެސެޖުތަކެކެވެ. ރައްކާތެރި އީމެއިލް އެޓޭޗްމަންޓެއް ނުވަތަ އިމޭޖެއް ގޮތަށް ފެނުނު ނަމަވެސް ގޮތްނޭނގޭ މީހުން ފޮނުވާ އީމެއިލްތަކާއި މެސެޖުތަކުގައި އެޓޭޗްމަންޓުތައް ހުޅުވައިލުމުން ވަލްވެއަރ (ވައިރަސް) ޑިވައިސްއަށް ވަންނާނެއެވެ. މެސެޖުގައި ހިމަނާފައިވާ ފިޝިންގ ލިންކަށްވަދެ ފޯމެއް ފުރައިފިނަމަ ނުވަތަ ލޮގްއިން ކޮށްފިނަމަ އެ މައުލޫމާތު ލިބޭނީ ސީދާ ހެކަރަށެވެ. މި ސަބަބަށްޓަކައި، ފިޝިންގެ ނިޝާންތައް ދެނެގަންނަން ދަސްކޮށް، ޑިވައިސްތަކާއި ޑޭޓާ ރައްކާތެރިކުރުމަށް ފިޝިންގ ހާދިސާ ރިޕޯޓުކުރާ ބަޔަކަށް ކޮންމެ މީހަކު ވެސް ވާންޖެހެއެވެ.

އޮންލައިން ރައްކާތެރިކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެކެވެ. މި މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުމަކީ މުޅި މުޖުތަމައުގެ ޑިޖިޓަލް ރައްކާތެރިކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment