ޚަބަރު
ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވިސާ ނުދިނުމަށް ސައުދީ ސަރުކާރުން ނިންމައިފި

2026 ވަނަ އަހަރު، ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވިސާ ނުދިނުމަށް ސައުދީ ސަރުކާރުން  ނިންމައިފިއެވެ. މިކަން ސަޢުދީގެ ޙައްޖު މިނިސްޓްރީން މިހާރު ރާއްޖެއަށް އަންގާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޝަކީލް ވިދާޅުވި ގޮތުގައި، ހިތުގެ ބައްޔާއި ކިޑްނީ ބަލި، ނާރުގެ ބަލި އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ޙައްޖު މިނިސްޓްރީން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބަކީ، ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ބޭނުންވާ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތައް ދުރާލާ މެޑިކަލް ޓެސްޓްތައް ހެދުމަށް ނިންމާފައެވެ. ޙައްޖު ވިސާ ލިބޭނެކަން ކަށަވަރުވާނީ، ހަދާފައިވާ މެޑިކަލް ރިޕޯޓްތައް ސަޢުދީ ޙައްޖު މިނިސްޓްރީއަށް ފޮނުވުމުން އެފަރާތުން އެކަން ޔަގީންކުރުމުންނެވެ.

ޝަކީލް ވަނީ ކުދިކުދި ބަލިތަކަށް ވިސާ ނުލިބޭނެ ކަމަށް ނުވާނެކަމަށް ވެސް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އާދައިގެ ހިތުގެ ނުވަތަ ކިޑްނީގެ މައްސަލައެއް ހުރުމަކުން މައްސަލައެއް ނާންނާނެކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!