ޚަބަރު
ކާރިސާތަކަށް ތައްޔާރުވުމާ ގުޅުންހުރި މައުލޫމާތު އެކުލެވޭ ހާއްސަ ވެބްސައިޓެއް ތައާރަފުކޮށްފި

ހުޝިޔާރު ވެބްސައިޓް ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ހާއްސަ ވެބްސައިޓެއް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން ތާރަފްކޮށްފިއެވެ.

ހުޝިޔާރު ވެބްސައިޓަކީ (hushiyaaru.mv) މުޖުތަމައުއަށް މައުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

ރަސްމީކޮށް “ހުޝިޔާރު” ވެބަސައިޓް ތައާރަފުކޮށްފައިވަނީ 13 އޮކްޓޯބަރ 2025 ގައި ފާހަގަކުރި ބައިނަލްއަގުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި “ވިލުންތެރި ފެސްޓު”ގައެވެ.

އެ ޕްލެޓްފޯމުން ރައްކާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment