ޚަބަރު
36 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހަވާލުކޮށް ބިންގާ އެޅުމުގެ ހަފްލާތައް އަންނަނީ ބާއްވަމުންނެވެ. މި މަސައްކަތްތަކާ ގުޅިގެން، ރާއްޖޭގެ 36 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ޚިދުމަތުން ދޭ މަޢުލޫމާތާ އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ. މިއީ ރަށްރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ފުލުހުން ވަނީ އެދިފައެވެ. ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ކަމަށް ފުލުހުން ބުނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަކުރުމުން، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ހުރިނަމަ، މާދަމާ މެންދުރުފަހު 12:00 ގެ ކުރިން ފުލުހުންގެ ޕްރޮކިއުމަންޓް މެއިލް، procurement@police.gov.mv އަށް މެއިލްކުރުމަށް ވެސް ވަނީ އެދިފައެވެ. މި މަޝްރޫޢުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އަމާންކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment