ޚަބަރު
ނިލަންދޫ އެއާޕޯޓް ތަރަށްގީކުރުމަށް ބިން ހިއްކުމުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި

ފ. ނިލަންދޫ އެއާޕޯޓް ތަރަށްގީކުރުމަށް ބިން ހިއްކުމުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް ” މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ” އެމްޓީސީސީން ބުނެފިއެވެ. މިއީ 390 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ ނިލަންދޫ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ޑްރެޖިން އަދި ރީކްލެމޭޝަންގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ސޭންޑް ބައިންޑް ވޯލްގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނިލަންދޫގައި އެއާޕޯޓް އަޅައި އެ ތަން ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހާނެއެވެ. 1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ވެސް ހިމަނާފައިވެއެވެ. ބިން ހިއްކުމުގެ އިތުރުން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment