ބ. މާޅޮހުގައި އަލަށް އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، މިހާރު ކުރިޔަށް ދަނީ ފުރާޅުގެ ބީމްތަކުގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.
އެމްޓީސީސީން ބުނީ 700 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްގީގެ މިމަޝްރޫއުތަކަކީ އެރަށުގެ ކުރިއެރުމަށް މުހިއްމު މަޝްރޫއު ތަކެއްކަމަށެވެ.

ބ. މާޅޮހުގަ އަލަށް ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައް މިހާރު ކުރިޔަށްގޮސްފައިވާ މިންވަރު… ފޮޓޯ: އެމްޓީސީސީ
ފުލުހުންގެ މަރުކަޒުގެ އިތުރުން މާޅޮހުގައި ބަނދަރު ތަރައްގީކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން އަދި ފުޓްބޯޅަދަނޑުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އަންނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފަށާ، ރާއްޖޭގައި ކުށް މަދު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.