ޚަބަރު
ލޯކަލް ކައުންސިލް އިންތިހާބަށް ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ: އީސީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ އިންތިހާބަށް ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް “އިލެކްޝަންސް ކޮމިޝަން” އީސީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަމުން އީސީގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ އިންތިހާބަށް އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ވަރަށް އަގުބޮޑު އިންތިހާބުތަކެއް ކަމަށާއި، ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒާހިދު ވިދާޅުވީ މިފަހަރު ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅާނީ އީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެކަން އީސީން ހުޅުވާލަން ގަސްތުކުރަނީ އިންތިހާބު އިއުލާންކޮށްފައި ކަމަށާއި، އަދި ކެންޑިޑެސީއަށް ހުޅުވާލުމުގެ ކުރިން އެ ޝައުގުވެރިކަން ހުންނަ މީހުން ޕޯޓަލަށް ފަރިތަވުމާއި އަދި ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، އެ ހިސާބަށް ދާއިރު އެންމެ ފަހު ވަގުތުގައި އުނދަގޫތައް ކުޑަކުރުމަށްޓަކާ، ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި އެ ޕްރޮސެސް ކުރިއަށްގެންދެވޭނެ ގޮތަކަށް އީސީން އިންތިޒާމްތައް އޮންލައިންކޮށް ހަމަޖެއްސުމުގެ ވިސްނުމެއް އެބަހުރި ކަމަށެވެ.

އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާރު ކުރެވޭ އިންތިހާބުތަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment