ޚަބަރު
ނަސްރު ބޯޓު އަޑިއަށް ދިޔަ ހާދިސާ: މެންބަރު އައްބާސް، ފޮއްދޫގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާ ކުރައްވައިފި

މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔަ ނަސްރު ބޯޓުން މާލީ ގެއްލުން ލިބުނު ނ. ފޮއްދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެ ރަށަށް 30 ބަސްތާ ކާޑުގެ ބާވަތްތައް ހަދިޔާ ކުރައްވައިފިއެވެ.

އުތުރުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ނަސްރު ބޯޓު އަޑިއަށް ދިޔައީ މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ބޯޓުގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަނިޔާވިއެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވި ގޮތުގައި މި ހާދިސާގައި އެ ރަށުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ އަގު 80،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި އަރައެވެ. “މި ރަށު މީހުން އެރުވި މުދަލުގެ ތެރޭގައި ކާޑުގެ ބާވަތްތައް ވެސް ހިމެނޭ،” މޫސާ ވިދާޅުވިއެވެ.

މެންބަރު އައްބާސް ހަދިޔާ ކުރެއްވި 30 ބަސްތާގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު އަދި ފުށުގެ ކޮންމެ ބާވަތަކުން 10 ބަސްތާއެވެ. މި ކާޑުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ ފޮއްދޫ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުންނެވެ.

ހދ. ނޭކުރަންދޫ މީހަކު ދުއްވާ ނަސްރު ބޯޓަކީ އުތުރުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު އަޑިއަށް ދިޔައިރު، ކުމުންދޫ އާއި ނޭކުރެންދޫގެ އިތުރުން އެ އަތޮޅުގެ ވައިކަރަދޫ އާއި ކުރިނބީއަށް ވެސް ދިޔުމަށް އޮތީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment