ޚަބަރު
ގިނަ އަދަދެއްގެ ބިޔަރު ދަޅާއި އެއްކޮށް މީހަކު ހައްޔަރުކޮށްފި

ގިނައަދަދެއްގެ ބިޔަރު ދަޅުތަކަކާއި އެއްކޮށް މީހަކު ހައްޔަރުކޮށްފިއެެވެ.

މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި, މި މައްސަލަ ޑްރަގް އެންފޯސްމެންޓް އިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ލިބުނު މައުލޫމާތަކަކާއި ގުޅިގެން މާލޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކޮށްފައިވެއެވެ.

މި ދެތަނުން ޖުމްލަ 732 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!