ޚަބަރު
ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެ ކުރި 3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކްސް ނައްތާލައިފި

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްސް މިއަދު ކ. ދޫނިދޫގައި މޯލްޑިވްސް ކަސްޓަމްސް އިން ނައްތާލައިފި އެވެ.

ކަސްޓަމްސް އިން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ޖުމްލަ 3,183,040 ސިނގިރޭޓް ސްޓިކްސް ނުވަތަ 199 ކޭސް ސިނގިރޭޓް ހިމެނެއެވެ. މި ތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި އަންދާލައިގެންނެވެ.

ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި މިއީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް، ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، ފަހަކަށް އައިސް ރާއްޖެއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ކަސްޓަމްސްގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

ގަވާއިދާ ހިލާފަށް މުދާ އެތެރެ ކުރުމަކީ ޤާނޫނީ ގޮތުން ކުށެއްކަމަށްވާތީ، މިފަދަ ޢަމަލުތަކާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment