ޚަބަރު
ތިން ބޭފުޅަކު މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނުވަ ބޭފުޅެއްގެ ނަންފުޅު މަޖިލީހުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވެއެވެ. އެ ބޭފުޅުންގެ އިންޓަވިއުކުރިއަށް ގެންގޮސް ހުރިހާ ބޭފުޅުންނަށް ކޮމިޓީން މާކްސް ދީފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު %75 އަށްވުރެ މަތިން މާކްސް ދީފައިވަނީ ތިން ބޭފުޅަކަށެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތަށެވެ.

ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވާ ތިން ބޭފުޅުން ކޮމިޝަނަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައިވެއެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ. އެ ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment