ޚަބަރު
ސެންޓަރ ކުންފުނިން, ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހެޅިކަން އޮޑިޓުން ދެއްކުމާ ގުޅިގެން، ތަހުގީގު ކުރުމަށް ފުލުހަށް!

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް، ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން ދައުލަތުން ފައިސާ ހޯދަން އުޅޭކަމަށް އޮޑިޓުން ދެއްކުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ހިންގައި، ފިޔަވަޅު އެޅުމަށް ބަންޑާރަނައިބު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

އެ ކުންފުނިން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނެފައިވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްގެ އަގު ހޯދަން ހުށަހަޅާފައިވާ މައްސަލައިގެ ޙާއްސަ އޮޑިޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އޮޑިޓް ރިޕޯޓުގައިވާގޮތުން އެ ކުންފުނިން ވަނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހޭ 400 މިލިޔަނެއްހާ ރުފިޔާ ނުލިބިގެން 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާ ކުންފުންޏެކެވެ.

އެ އޮޑިޓްގައި ފާހަގަކޮށްފައިވާ ވާގޮތުން ސެންޓަރ ކުންފުނިން ކޯޓަށް ހުށަހެޅި އެންމެ މުހިއްމު ލިޔެކިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސަައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވާ ކަމަށާއި ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާގެ ބޭންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް އެ ބޭންކުން ބުނާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށްނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ މި ޚާއްސަ އޮޑިޓާ ގުޅިގެން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް މިހާރު ހުށަހަޅުއްވާފައިވާކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment