ލ. މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު “މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ” އެމްޓީސީސީން ސޮއިކޮށްފައެވެ.
މި މަޝްރޫއު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
މާވަށު ބަނދަރު މަސައްކަތަކީ 23.4 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.