ލ. ހިތަދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް “ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން” އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ ފައްޓަވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައެވެ.
ހިތަދޫގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
ފުޓްބޯޅަ ދަނޑު ގާއިމުކުރުމަކީ ރަށުގެ ޒުވާނުން ކުޅިވަރު ކުޅެވޭނެ މާހައުލެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.