“ބޭންކް އޮފް މޯލްޑިވްސް” ބީއެމްއެލުން ލ. ހިތަދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، ބްރާންޗެއް ގާއިމު ކުރުމަށް ބިންގާ އަޅައިފިއެވެ.
އޭޓީއެމް ހުޅުވާ ބުރާންޗުގެ ހިދުމަތް ފަށާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެެވެ.
ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް ބްރާންޗެއް ގާއިމު ކުރުމަށް ބިންގާ އަޅުމުގެ ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ: ރައީސް އޮފީސް
އޭޓީއެމް ހިދުމަތް ފައްޓަވާ ދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސްއެވެ.
ބީއެމްއެލްގެ އަމާޒަކީ ކުރިއަށް އޮތް 20 ދުވަސްތެރޭ މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމާލާ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމެވެ.