ޚަބަރު
40 އަހަރު ތެރޭ، ކުނަހަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގަތް ފުރަތަމަ ރައީސަކަށް، ރައީސް ޑރ މުއިއްޒު!

ލާމު އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކުނަހަންދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ. މިއަދަކީ އެ ރަށުގެ ރައްޔިތުންނަށް ޚާއްސަ ދުވަހަކަށްވެފައިވަނީ، ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބީ ރައީސަކު އެރަށަށް ކުރައްވާ ފުރަތަމަ ރަސްމީ ޒިޔާރަތް ކަމަށްވާތީއެވެ.

ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބު މި ތާރީޚީ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތަކީ ރަށުގެ ތަރައްޤީއަށް އައު މަގެއް ފަހިވެގެންދާނެ ޒިޔާރަތެއްކަމުގައި ފާހަގަކުރައްވައި، ރައީސް މުޢިއްޒަށް ޝުކުރު ދަންނަވާފައިވެއެވެ.

މި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން، ކުނަހަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ވޮލީ ކޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

ރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމާއެކު، ރަށުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ މަރުކަޒެއްގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ.

ރައީސް މުޢިއްޒު ވަނީ މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ކުނަހަންދޫގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment