ޚަބަރު
އެކްޒީމާގެ ވޭނުން ސާރާގެ ހަށިގަނޑު ފާރުވެ ގިރެނީ، ފަރުވާއަށް ފުރަން ޖެހިފައިވާ މި ކުޑަކުއްޖާ އަށް އެހީތެރި ވެދެއްވާ!

ކޮންމެ މަޔަކާއި ބައްޕައެއްގެ އަދި ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ ބޮޑު އެދުމަކީ، އުފަލަކީ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. މި އުއްމީދުގައި ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާ އައިމިނަތު ނަތާޝާއާއި އާދަމް އިހުސާނަށް އަނެއްކާވެސް މިވަނީ އެމީހުންގެ ލޯބިވާ އަންހެން ދަރިފުޅުގެ ފަރުވާއަށް ފުރައިގެން ދާން ޖެހިފައެވެ. އެމީހުންގެ 10 އަހަރަށްދާ ލޮބުވެތި ދަރިފުޅު ފާތިމަތު ސާރާ އިހުސާނަކީ އެކްޒީމާގެ ސަބަބުން ނުހަނު ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ.

ކުރިން ވަރަށް ހިތްވަރުގަދަ، އަމިއްލަ ނަފުސަށް އިތުބާރު ހުރި، އުފާވެރި ކުއްޖަކަށް ވީ ސާރާގެ މުޅި ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މޫނުމަތީގައާއި، އަނގައިގެ ވަށައިގެންނާއި، ޕްރައިވެޓް ޕާޓްސްއާއި ފައިގެ ކުޑަކަޅުވާ މަތިންވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ޖިސްމާނީ ގޮތުން ލިބެމުންދާ ވޭނުގެ އިތުރުން، ސާރާއަށް ވަނީ ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ސާރާއަކީ ކިޔެވުމުގައި ހުޝިޔާރު، ބަސްއަހާ ނަމޫނާ ދަރިވަރެކެވެ. އެހެންނަމަވެސް ސާރާއަށް މި ބަލީގެ ސަބަބުން މިހާރު ސްކޫލަށް ނުދެވެއެވެ، ބޭނުން ނުވިޔަސް ހިތުގައި ހިފަހައްޓައިގެން ސާރާގެ މަންމައާއި ބައްޕަ، ދަރިފުޅު ސުކޫލަށް ފޮނުވުން ހުއްޓާލީ އެހެން ގޮތެއް ނެތިގެންނެވެ.

ސާރާގެ މައިންބަފައިން ވަނީ އަމިއްލަ ޚަރަދުގައި ދެފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ސާރާ ގެންގޮސް ފަރުވާ ހޯދާފައެވެ. އާސަންދައިން އެއްފަހަރު ދިން ހުއްދައާއެކު ފަރުވާ ހޯދުމަށްފަހުވެސް، ސާރާގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.

(އެކްޒީމާގެ ފަރުވާއަށް ބޭނުންކުރާ ގިނަ ބޭސްތަކަކީ އާސަންދައިގެ ދަށުން ލިބޭ ބޭސްތަކެއް ނޫންކަން މިދަނޑިވަޅުގައި ފާހަގަ ކޮށްލަމެވެ.)

“މިހާރު އަނެއްކާވެސް ފުރަން ޖެހިފަ މިތިބީ،  6 އެއްގައި ފުރަން ހަމަޖައްްސާފައި އޮތީ، ދަރިފުޅުގެ ހާލަތު އިހުނަށްވުރެ ގޯސް، ދުވަހެއް ދުވަހަކަށް ފާރުވެފައި ހުރި ތަންތަން ގިރެމުން ދަނީ، ކޮންމެ ގޮތެއް ވިޔަސް ފަރުވާއަށް ދާން ޖެހިފައި ތިބީ، އާސަންދަ ކަވަރ މިކުރަނީ 3 މަހުގެ އިންޖެކްޝަން. އެކަމަކު އެއީ 6 މަހުގެ އެންޓިބަޔޮޓިކް ޑޯޒެއް ހުއްޓާލެވޭކަށް ވެސް ނޯވޭ، އެހެންވީމަ، ވާނެ ގޮތަކީ ފަހުވަގުތުވެސް އާސަންދައިން ހަމަނުޖެހުނިއްޔާ ހަމަ ގަންނަން ޖެހޭނީ،

3 މަހަށް ދޭ އެއްޗެއް 3 މަސް ނުވަނީސް އިތުރަކަށް އާސަންދަ ޕޯޓަލް އިން ދޫކުރެވެން ނޯންނަކަމަށް ބޭސް ދޫކުރާ ތަންތަނުން ބުނޭ، ވީމަ ކޮންމެހެން ވެސް އެ 3 މަސްދުވަހުގެ އިންޖެކްޝަން ގަންނަން ތައްޔާރަށް ތިބެން ޖެހޭނީ. އަނެއްކަމަކީ އާސަންދަ އިން ދޭނީ ހަމައެކަނި ޑޮކްޓަރީ ފަރުވާގެ ހަރަދުތަައް، އޭގެ އިތުރުން އެއްވެސް އެހެން ކަމަކަށް އެހީއެއް ނުދޭނެ.

އަޅުގަނޑުމެންނަކީ އާދައިގެ ބައެއް. ދަރިފުޅަކީ ކުޑަކުއްޖެއް. ޔަގީނުންވެސް އެހީތެރިކާއެކު ދަރިފުޅު ގެންދަން ޖެހޭނީ، ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ އެހެނިހެން ހަރަދުތަކަށް އަމިއްލައަށް ހަރަދު ބަލަހައްޓަން ޖެހޭނީ،

އެހެންވެ ބޭނުންވަނީ ދެވެން އޮތް މިންވަރަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވުން، ދަރިފުޅުގެ ފަރުވާގެ މިމަރުޙަލާގައި، ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ފަރާތުން އެދެނީ އަޅުގަނޑުމެންނަށް ދީލަތި އެހީ.

10 އެއްނޫނީ 15 ދުވަސް މިތިބެން ޖެހެނީ، ސައިޑް އިފެކްޓެއް ނުދައްކާނަމަ 15 ދުވަސްތެރޭ އެނބުރި އާދެވޭނެ. އެކަމަކު އެފަދަ ކަމެއްވެއްޖެނަމަ ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަންޖެހެނީ،، އެއީ އަނެއްކާވެސް 15، 16 ދުވަސް، ނޮވެމްބަރު 6 ގައި ފުރޭތޯ ޓިކެޓް ލިޔުއްވާފައި މިހާރު ހުރީވެސް،” ސާރާގެ މަންމަ ނަތާޝާ ކިޔައިދިނީ މިވަގުތުގެ ހާލަތެވެ.

މިހާރު އަނެއްކާވެސް ނޮވެމްބަރު 6 ގައި ފަރުވާއަށް ފުރަން ޖެހިފައިވާއިރު، އާސަންދައިން ކަވަރު ކުރަނީ 3 މަހުގެ އިންޖެކްޝަން އެކަންޏެވެ. ނަމަވެސް 6 މަހުގެ އެންޓިބަޔޮޓިކް ޑޯޒް ފުރިހަމަކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ އިތުރުން ދަތުރުފަތުރާއި، ހުރުމާއި ކެއުމުގެ ޚަރަދުތައް އަމިއްލައަށް ހަމަޖައްސަން ޖެހެއެވެ.

ނަތާޝާއާއި އިހުސާނަކީ ވަޒީފާއިން ލިބޭ އާމްދަނީން ދިރިއުޅުން ބަލަހައްޓަމުންދާ އާދައިގެ ދެމަފިރިންނެވެ. ދަރިފުޅުގެ ފަރުވާއަށް އިތުރު އެހީތެރިކަން ބޭނުންވެފައިވާއިރު، އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިއުމާއެކު، އަވަސް ފަރުވާއެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިހެންކަމުން، ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ފަރާތުން އެދެނީ ސާރާގެ ފަރުވާގެ މިމަރުޙަލާގައި، ދެވެން އޮތް މިންވަރަކުން އެހީތެރިވެދެއްވުމެވެ. ކުޑަކުއްޖެއްގެ ފަރުވާއަށް އެދި ދަންނަވާ މިއާދޭހަށް އިޖާބަދެއްވައި، ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެވެސް އާދޭހެކެވެ.

ސާރާގެ ބައްޔާއި ފަރުވާއާ ބެހޭ ލިޔުންތައް -1- ސާރާގެ ބައްޔާބެހޭ ލިޔުންތައް  މި ލިންކަށް ފިތާލުުމުން ހުޅުވޭ ޕޭޖުން ފެންނަ ފައިލު ހުޅުވާލުމުން ހުރިހާ ލިޔުންތައް ހުންނާނެ،

ސާރާގެ ބައްޔާއި ފަރުވާއާ ބެހޭ ލިޔުންތައް -2-  ސާރާގެ ފަރުވާގެ ލިޔުންތައް  މި ލިންކަށް ފިތާލުުމުން ހުޅުވޭ ޕޭޖުން ފެންނަ ފައިލު ހުޅުވާލުމުން ހުރިހާ ލިޔުންތައް ހުންނާނެ،

  • Aminath Nathasha Gasim
  • ދިވެހި ރުފިޔާ އެކައުންޓް   7730000169663  BML RF
  • ޔޫއެސް ޑޮލަރު އެކައުންޓް  7730000603307   BML USD
  • ގުޅޭނެ ނަންބަރު:       7923330 ނަތާޝާ (ސާރާގެ މަންމަ)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment