ޚަބަރު
ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ޖަޕާނުގެ ބޮޑުވަޒީރުކަމަށް ސަނައެ ތަކައިޗީ އިންތިޚާބުވުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ތަހުނިޔާ ފޮނުއްވާފައިވަނީ އެކްސްގައ ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.

ރައީސް ވިދާޅުވީ ސަނައެ ތަކައިޗީގެ ތަޖުރިބާއާއެކު ޖަޕާނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްުޙޫރިއްޔާ ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ އާ ލީޑަރުކަމަށް ވަނީ ހޮވާފައެވެ. އެއާއެކު ބޮޑުވަޒީރުކަމަށް އޭނާ އައްޔަނުކުރީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުންނެވެ.

އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވަނިކޮށެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment