ޚަބަރު
ލ. ދަނބިދޫ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށްފަހު: ރައީސް

ލ. ދަނބިދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދަނބިދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ދަނބިދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވެވި ޖަލްސާގައި ދަނބިދޫ މަގުހެދުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.

ދަނބިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. އޭގެ ތެރޭގައި ދަނބިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގެ ބިންގާ އެޅުމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމާއި، ފުލުހުންގެ އިދާރާ އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ. މި ރަސްމިއްޔާތުތައް މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.

ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ޞިއްޙީ މަރުކަޒަށް އެމްބިއުލާންސެއް ހޯއްދަވައި ދެއްވުމާއި، ރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރެއްވުމަށް ބަނދަރުގައި ހުރި ދަތިކަން އަންދާޒާކުރައްވައި، އެކަމަށް ހިނގާނެ ޚަރަދު ދެނަގަތުމަށް ދަނބިދޫއަށް ވަރަށް އަވަހަށް ޓީމެއް އައުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ސްކޫލުގެ ތަރައްޤީ އާގުޅޭ މަޝްރޫޢެއް ފައްޓަވައިދެއްވައި، ހަލުވި މިނުގައި އެކަން ނިންމަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު، ކުޅިވަރުގެ ދާއިރާއިންވެސް އަންނަ އަހަރުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއި ގުޅިގެން ދަނބިދޫ ކައުންސިލަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މިފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment