ޚަބަރު
ލ. އިސްދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ލ. އިސްދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިސްދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އެވެ.

މި މަޝްރޫއު ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރުއެވެ. އޭނާގެ އަރިހުގައި އިސްދޫގެ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީގާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުން ދަނީ ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކޮށް ބެލެހެއްޓޭނެ ގޮތްތަކެއް ގާއިމު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން ދެކޭ ގޮތުގައި، ކުނި މެނޭޖްކުރުމުގެ ހިދުމަތަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ.

ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކޮށް ނައްތާލެވޭނެ ނިޒާމެއް ގާއިމުވެގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment