ޚަބަރު
އިސްދޫ ކަލައިދޫގައި 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ: ރައީސް

އިސްދޫ ކަލައިދޫގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އެ ދެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއް ގާއިމުކުރެއްވުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމަށްވާ، އިސްދޫ ކަލައިދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްދޫ-ކަލައިދޫ ބޮޑުމަގުގައި ޖަހާފައިވާ ޓެންޓްގައި މިއަދު ބޭއްވެވި މި ޖަލްސާގައި ރައީސުލްޖްމްހޫރިއްޔާ ވިދާޅުވީ މި ހޮސްޕިޓަލު އަޅުއްވާނީ ދެރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ ސަރަހައްދެއްގައި ކަމަށެވެ.

މި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ދެ ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވުމަށް، މިހާރު ހުރި ޞިއްޙީ މަރުކަޒަށް މުވައްޒަފުންނާއި އިތުރު ޑޮކްޓަރުން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްދޫ އަދި ކަލައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ، ނަރުދަމާގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ފުރިހަމަ ނަރުދަމާ ނިޒާމެއް ޤާއިމްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްދޫ އަދި ކަލައިދޫ ބޮޑުމަގު ތާރު އަޅައިގެން ތަރައްޤީކުރުމުގެ، އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގުހެދުމާއި ނަރުދަމާގެ މަސައްކަތް އެކުއެކީގައި ކުރެވޭނެ ގޮތަށް ސަރުކާރުން މަސައްކަތް ރާވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް ރަސްމީކޮށް ފައްޓަވާފައެވެ. އެއީ ދާއިރާގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއް ކިލޯމީޓަރުގެ އެ ކޯޒްވޭގެ މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަށުގެ ތަރައްޤީއަށް ކުރިއަށް ހުރި އެހެން މަޝްރޫޢުތަކުގެ ތެރޭގައި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސްކޫލްގެ ޖާގަ އިތުރުކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވައި، ކަރަންޓުގެ ހާލަތު ރަނގަޅު ކުރެއްވުމަށް އިތުރު ޖަނަރޭޓަރެއް ގެނައުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްދޫ-ކަލައިދޫ އަކީ ރާއްޖޭގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ ސިޔާސަތުގެ ދަށުން އިސްދޫ ކަލައިދޫގައި އެފަދަ ތަންތަން ދައްކުވައިދޭ ޚާއްޞަ ތަނެއް، ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދަވަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އިސްދޫ އަދި ކަލައިދޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވާފައެވެ. މިއާއި އެކު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމްގެ ޚިދުމަތް ދޭން ފެށިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ކަލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއުކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ލިމިޓެޑް، އެމް.ޓީ.ސީ.ސީ އާ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަން ފާހަގަކުރައްވައި، އެ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ. އަދި އިސްދޫ-ކަލައިދޫ އަކީ ބިންހިއްކުމަށް ޚަރަދު ކުރަންނުޖެހި އެއާޕޯޓް އެޅިދާނެ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment