ވާހަކަ
ވާހަކަ: މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި

މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި – 3 ވަނަ ބައި

އިއްޔެގެ ބަޔާ ގުޅޭ،

ނުހުއްޓި އެނބުރެމުން ދިޔަ ގަޑީގެ ކަށި ނުހުއްޓި ތިންގަނޑި އިރުފަހުން ޑޮކްޓަރ އޮޕެރޭޝަން ތިޔަޓަރުން ނިކުމެއްޖެއެވެ. ހަމަޖެހޭ ގޮތެއް ދައްކަމުންވިއަސް ޑޮކްޓަރ ދިނީ ހިތް ހަލާކުވާވަރުގެ ޤަބޫލުކުރަން ދަތި ޚަބަރެކެވެ.

ސިޒޭރިއަނަށް ފަހުގައި ދީމާ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ނަގާފައެވެ. ނަމަވެސް ބޭބީ ނާސަރީގައި ބާއްވަން ޖެހުނީ ހާލަތު ދެރަވެފައި އޮތުމުނެވެ، ތުއްތު ފަކީރަށް ނޭވާލުމުގެ ނިޒާމަށް އުނދަގުތަކެއް ހުރުމާއި ހިތުގައި ލޯވަޅެއް ހުރުމުން، އެ ފަކީރު ނޭފަތައް ހޮޅިގުޅާފައި ބާއްވަން ޖެހުނީއެވެ.

ނޭފަތަށާއި އަނގައަށް ހޮޅި ގުޅާފައި އޮތް ދީމާއަށް މީހުން ދައްކާ ވާހަކަތައް އަޑުއިވުނަސް އޭނާއަކަށް އެއްވެސް ހަރަކާތެއް ނުވެއެވެ. ބޮޑު އޮޕެރޭޝަންގައި އޮތްވައި ސްޓްރޯކެއް ޖެހުނުގޮތައް އޭނާގެ އެއްފަޅި ވާގި ނެތުނީ އެވަގުތު ދެފުރާނައެއް ކުރެން އެއްފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ކުރެވުނު ހާކަމެއް ކުރުމުގެ ތެރޭގައެވެ.

ނާސަރީއަށް ވަންނަ ކޮޓަރީގެ ބިއްލޫރިގަނޑުން ފެންނަން ތިބި ތުއްތުކުދިންތަކުގެ ތެރެއިން ދެންމެ މި ރޫމަށް ވެއްދި ތުއްތު ކުޑަ ފިރިހެން ކުއްޖާ އޮތީ އޮރެންޖް ފާޑެއްގެ ކުލައިގެ އައްޔަކުން އަލިކޮށްފައިވާ އިންކިއުބޭޓާރ ތެރޭގައެވެ. މި ކުޑަ ތުއްތުފުރާނަ ސަލާމަތް ކުރެވުނީ ވަރަށް މަސައްކަތުން ކަމަށް ވިއަސް މި ކުއްޖާފުޅު ދުނިޔޭގައި އޮވެދާނެކަމާ މެދުގައި މާބޮޑު އުއްމީދެއްނެތަސް އަދި ހަށިގަނޑުގައި ފުރާނަ ހުރި އެ ފަކީރު އޮތީ ނޭވާލާ ހާލަތުގައި ނޭފަތައް ހޮޅިގުޅާފައެވެ. އަމިއްލަ ލެއިން އުފަންވެފައިވާ ދަރިއެއް ކަމުގައި ނުވިއަސް ތަޢުފީގުގެ ލޮލުން ކަރުނަ އޮހޮރިގެން ފޭބި ކަރުނަތައް ފުހެލާފައި އޭނާ ޖީބުން ނެގި ފޯނުން މީހަކަށް ގުޅައި ވާހަކަތަކެއް ދެއްކިއެވެ.

ގިނައިރުތަކެއް ނުވެ ހޮސްޕިޓަލަށް ވަދެގެން އައީ ތައުފީޤު އަނބިމިހާ ލަތީފާއާއި އޭނާގެ ފަނަރު އަހަރުގެ އަންހެން ދަރިފުޅު ޝީލާއެވެ. މި ދެމައިންނަށް ވެގެންދިޔަ ހުރިހާ ހާދިސާއެއް ކިޔާދިނުމަށް ފަހުގައި އެޑްމިޓްކޮށްފައި އޮތް އަންހެންމީހާ ގެންގުޅުނު އަތްދަބަސް ބަލާ ޗެކްކޮށް ފާސްކުރީ ޝީލާއެވެ.

އޭގައި އޮތް މި ސިޓީ ކިޔާލުމަށްފަހުގައި ޝީލާއަށް ހިންދިރުވާލެވުނީ ކުރި ފުން އަސަރަކުންނެވެ. އޭގައި ލިޔެފައިވާ އެއްޗެއް މި ތުއްތުކުއްޖާ ގަދަވެ ސަލާމަތުން ދުނިޔޭގައި ދިރިހުރެއްޖެނަމަ މި ވަސިއްޔަތް އަމާނާތެއް ފަދައިން އޭނާއަށް ރައްދުކޮށްދިނުން މިއީ  މި ކުއްޖާއާ ހަވާލުވާ ބަޔަކަށް ނުވަތަ މީހަކަށް ކުރެވޭނެ ހެޔޮކަމަކަށް މެނުވީ ނުވާނެއެވެ.

އެހެނަސް ވަގުތާއި ހާލަތަކީ ދުނިޔޭގައި އެންމެ ހޯދަން އުނދަގު އަދި ފަރުވާކުޑަކޮށްފި ނަމަ ނުވަތަ ނުލިބިއްޖެ އެއްޗެއްނަމަ ފާއިތުވެގެން ގެއްލިގެން ހިނގައިދާނެ އެއްޗެއްވެސްމެއެވެ. ތައުފީޤުގެ މި ކުޑަ އާޢިލާގައި އެއްބަސްވުން ތަކެއްވުމަށް ފަހު އެމީހުން ނިންމީ ހޮސްޕިޓަލުގައި އޮތް ތުއްތުކުއްޖާއާ ހަވާލުވުމަށެވެ.

އޭގެ އެއްހަފްތާ ފާއިތުވީފަހުން އެނދުމަތި ކުރެވިފައިވާ ދީމާގެ ނޭވާކުރުވަމުން އައީ އޭނާގެ އެތެރެހަށީގެ ގުނަވަނެއް ދުޅަވެގެން ލޭފައިބާގެނެވެ. އޭނާގެ އެތެރެހަށީގެ އެކި ގުނަވަންތައް ލޭ ދައުރުވުން ހުއްޓި ދުޅަވާން ފެށުމުން އޭނާގެ ހަށިގަނޑު އޮތީ ފުފިފައި ވަރަށް ވޭނުގައެވެ.

މި ބައްޔަކީ އޭގެ ގޮތުގައި އެކި މީހުންނަށް އެކި ކަހަލަ ވޭންހުރި ތަކުލީފުތަކާއި ކުރިމަތިކުރުވާ ބައްޔެކެވެ. ދެރަކަމަކީ މިކަމަކީ ގައިން ގަޔަށް އަރާބައްޔެއް ކަމުން އޭނާގެ ފިރިމީހާ އުޒޭރު ރިސޯޓުތަކުގައި އުޅުނު ދުވަސް ވަރު އެޔެއް މިޔެއް ބެލުމެއްނެތި އެކި ދިމާވާ ނުދަންނަ ބީރައްޓެހި ފަތުރުވެރިންނާއި ވެސް ގައިގޯޅި ގާތް ގުޅުންތައް ބާވަމުން އައިކަމުގެ ނަތީޖާގެ ހިތި ރަހަ ދީމާއާއި އޭނާގެ ދަރިފުޅަށް ވެސް އެކަމުގެ ނޭދެވޭ ބިރުވެރި އަސަރު ކުރުމުންނެވެ. މިހާރު އޮކްސިޖަން އެހީގައި ނޭވާލަމުން އޮތް ދީމާ ވަރަށް ވޭނުގައި އޮވެފައި އޭނާ ދުނިޔެއިން އަބަދުގެ އަބަދަށް ނިމިދިޔައީ ދަރިފުޅަށް މައެއްގެ ފުށުން ކުރާނެ ހެޔޮދުޢާ ހިތުގެ އަޑިން ކުރަމުންނެވެ.

އޭނާއަކީ މަންމައެއް ބައްޕައެއް ނެތް ނިކަމެތި މިސްކީނު ޔަތީމުކުއްޖަކަށް ވިއަސް އަދު މާތްﷲގެ އިރާދަފުޅުން ކުޑަ އިކްރާމަކީ އެހެން ބައެއްގެ ބެލުމުގެ ދަށުގައިވާ ކުއްޖެކެވެ. އަމިއްލަ އުފަން ބައްޕައާއި މަންމަކަމުގައި ނުވިއަސް ނިކަމެތި ބަލިކަމެއް ތަޙައްމަލު ކުރާ އިކްރާމަށް އަޅާލާ މި މަންމައާއި ބައްޕައަކީ މި ދުނިޔެއިން އޭނާއަށް ލިބުނު އަގުހުރި ދެ ޖަވާހިރުފަދަ މައިންބަފައިންނެވެ. ދުނިޔެއަށް އުފަންވެ ނޭވާލީއްސުރެ ތުއްތު އިކްރާމުގެ ނިކަމެތި ހާލަތުން އެ ފަކީރު ބާވަންޖެހެނީ ނާސަރީގައި، އިންކިއުބޭޓަރ ގައި ކަމުން ހޮސްޕިޓަލުގައި ޑިޔުޓީބަހައިގެން އެއްވެސް ޝަކުވާއެއް ނެތި ތައުފީޤުގެ ދެމަފިރިން އަވަދިނެތި ފަރުވާތެރިކަމާ އެކުގައި އެކުއްޖާއަށް ވާނުވާ ބަލަހައްޓަމުން އައެވެ.

=ނުނިމޭ= (ފަހުބައި މާދަމާ)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މަންދުގެ ފޭން

    ރީތި ވާހަކައެއް
    ފޮތް ނުނެރެ އޮންލައިންކޮށް ލިޔަންފެށީތޯ
    އިތުރު ފޮތެއްގެ ސިފައިގަ ވަހަކައެއް ކިޔަން ބޭނުމީ

  2. މިންޝާ

    މަމްދުހުގެ ދިގު ވާހަކައެއް ނެރެނީ ކޮންއިރަކު؟

  3. ތަހޫ

    ވާހަކަ ރީތި. ޖުމުލަތައް މާދިގީ
    ޖުމުލަތައް ކުރު ނަމަ މިހަމަ %100

  4. ކިޔުންތެރިއެއް

    އިބްރަތްތެރި ވާހަކައެއް

  5. މަމްދޫޙް އިބްރާޙަިމް ( މަންދު )

    ސަލާމް. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކިޔުންނާ ހަމައަށް އައު ދިގުވާހަކައެއް ގެނެސްދެވޭތޯ އުއްމީދު ކުރަން. ޕަރީފެންގަނޑު ވާހަކައިގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުން މި އަންނަނީ… ތިޔަ ދެއްވާ ތަރުހީބަށް ވަރަށް ޝުކުރު އަދާ ކުރަން .