ޚަބަރު
މޫސުން ގޯސް؛ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލެއްވެސް ނެރެފައިވެއެވެ. މި ސަމާލު ދެމިއޮންނާނީ މެންދުރުފަހު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ސަރަހައްދުތަކުގައިވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ އަންގާފައެވެ.

މެޓް އޮފީހުގެ އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަވެރި މޫސުމެއް ކުރިއަށް އޮތް ދުވަސްތަކުގައި ތަޖުރިބާކުރަން ޖެހޭނެއެވެ. “އަންނަ ހުކުރު ދުވަހާ ހަމައަށް ވައިބާރުގެ ވިލާގަނޑުގައި އިތުރަށް ވައި ގަދަވާނެ” ކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

މި ހާލަތާ ގުޅިގެން މެޓް އޮފީހުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން އަދި އެމްއެންޑީއެފުން ވަނީ އާންމު ރައްޔިތުންނަށް މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އަދާހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment