ވާހަކަ
ވާހަކަ: މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި

މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި – ފަހު ބައި

ވަގުތުގެ އޮއިވަރާއެކު ދުވަސްތައް ފާއިތުވަމުން ގޮސް އިކްރާމަށް އެއް އަހަރު ފުރެން ގާތްވީއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ފަރުވާވެ ބެލެހެއްޓުމުގެ ދަށުގައި އޮތް 11 މަހުގެ ތުއްތު އިކްރާމް  ހޮސްޕިޓަލުން ދޫކޮށްލީ ޑޮކްޓަރުންގެ ލަފާމަތިން އެތައް އިރުޝާދުތަކެއް ދީފައެވެ. ހަށިގަނޑު ނިކަމެތިވެ އަނަރޫފަ ވެފައިވާ ތުއްތު އިކްރާމު ހޮސްޕިޓަލުން ދޫކޮށްލީ، އޭނާއަށް ކުޑަ ލުޔެއްދީ މީހުންގެ ތެރެއަށް ނެރެ، އުފާކޮށްދިނުމުގެ ގޮތުން ކަމަށް ވިޔަސް އިކްރާމަކީ ވަރަށް ބަލި ކުއްޖެއްކަމުން ނޭވާލުމުގައި ދަތިތަކެއް ހުންނާތީ، ކޮންމެ ރެއަކުވެސް ނިދާއިރު އޮކްސިޖަން ގުޅުމަށާއި ހެނދުނު ހެނދުނާ ދޭން ޖެހޭ ހާއްސަ ބޭސް ދިނުމާއި ގަވާއިދުން ދޭން ޖެހޭ ހުރިހާ ފަރުވާއަކަށް އެއްވެސް އުނިކަމެއް ނުގެނެސް ވާނެހެން، ހުރިހާ ކަމަކަށް ޑޮކްޓަރުންގެ ލަފާގެ މަތިން ދެފަރާތުން އެއްބަސްތަކެއް ވެގެނެވެ.

އެހެންދުވަސްތަކޭ އެއްގޮތަށް އާދައިގެ ދުވަހެކެވެ. މިއަދު އިކްރާމުގެ ބައްޕަގެ މަގާމުގައި ހުރި ތައުފީޤު ކުޑަ ދަރިފުޅު އުރާލައިގެން ފުރަތަމަ ފަހަރަށް އިރުގެ އަލިކަން ވެރިވެފައިވާ ހަވީރު ވަގުތެއްގައި މާބަގީޗާއަކަށް ދިޔައީ މި ދުނިޔޭގައި ވެސް ހިތްގައިމު ރީތި އަދި އުފާވެރި ތަންތަން ދައްކާލުމަށެވެ. ވަށައިގެން ފެންނަން ހުރި އެކި ކުލަކުލައިގެ މާތައް ފަރިވެ ފޮޅިފައިވާ ކުޑަކުދިންގެ ބަގީޗާގައި، ރީތި ކޮކާތަކާއި ދޫނިތައް އުދުހޭ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. މިއ އުފާވެރި މާޙައުލުގައި އިކްރާމް އޭނާގެ ބައްޕަ އުރުގައި، ހައިރާންވެފައިވާ ލޮލަކުން ޝައުގުވެރިކަމާއެކު ފެންނަމުންދާ އެކިކުލަތަކާއި ޒީނަތްތެރި މަންޒަރުތަކަށް ބަލަން އެއިނީ ނުހަނު އުފާވެފައެވެ. މިހެން އިނދެގެން އިކްރާމް ލޯބި އަޑުން، އެކިކަހަލަ އަޑުތައް ލައްވައި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. ބަގީޗާގެ ބެންޗްހިލަގޮނޑީގައި ތައުފީޤު ހަމަޖެހިލައިގެން އިށީނީ މުހިންމު ކަމަކަށް ހިތުލައިގެންނެވެ. މިއަދު މި ބަގީޗާއަށް އިކްރާމް ގޮވައިގެން އައީ ވަގުތު ފާއިތު ނުވަނީސް މި އަމާނާތް ފުރިހަމަ ކުރުމުގެ ނިޔަތުގައެވެ. އޭނާ ގަމީހުގެ ޖީބުން މި ނެގި ސިޓީއަކީ އިކްރާމް މަރުޙޫމާ މަންމަ، ދީމާ އޭނާގެ ދަރިފުޅަށްޓަކައި ލިޔެފައިވާ ލޯބި، އެހާމެ ނިޔަނެތި އަސަރުންފުރިފައިވާ ބަސްތަކެކެވެ. އެ ސިޓީގައިވާ ލިޔުން، ކިޔަމުން ދިޔަވަގުތު އޭނާގެ މޭމަތީގައި ބޯއަޅައިގެން ފުންނޭވާލަމުންދިޔަ އިކްރާމް އޮތީ އަޑުއަހާށެވެ. ކުޑަކުއްޖާއަށް އެއިވެމުންދާ ވާހަކަތައް އެނގި ވާނުވާ އެނގޭ ކަހަލައެވެ.

ދީމާބޭނުންވި ގޮތަށް އަދު އެކަމެއްވެސް ފުރިހަމަ ކޮށްދޭން ތައުފީޤު ބޭނުންވީ ފުރަތަމަ މަރުހަލާއިން ފެށިގެން އަދާހަމައަށް އިކްރާމް ދުނިޔެއަށް ނޭވާލީއްސުރެ ހުރިހާކަމެއްހެން އޭނާގެ ލޯ ކުރިމަތިން ފެނި އެނގިފައިވާތީއެވެ. އެ ސިޓީގައި ލިޔެފައިވާ ބަސްތައް ކިޔާ ނިމުނު ވަގުތު ހިތްދަތިވެގެން ތައުފީޤު ލޮލުން ކަރުނަ ހިލުނެވެ. ކުޑަ އިކްރާމަށް ދުނިޔޭގައި އޮތްދުވަސްތައް އޭނާގެ މަންމަ ބުނިފަދައިން މަދު ދުވަސްކޮޅެއް ހޭދަކުރަން ޖެހުނަސް ދެރަގޮތެއް ނުވާނެކަމަށް ބުނެ އަދު އޭނާގެ މަންމަ އޭނާއާއި ވަކިން މާދުރުގައި ހުއްޓަސް މިއީ ކުޑަހިނދުކޮޅަކަށް ހޭދަކުރަން ޖެހޭ ވަގުތުކޮޅަކަށް ހަނދާން ކޮށްދެމުންނެވެ.

މަންމަގެ ހެޔޮދުޢާއާއި ލޯބިން އެންމެ ތަންފުކެއްވެސް ދުވަހަކު ދެދުނިޔެއިން ވެސް އުނި ނުވާނެކަމަށް ބުނެ ހިނިތުންވުމަށް އެދި އުފާކުރުމަށް ބުނަމުންނެވެ. މި ދަރިފުޅަށް ކިޔަން ބޭނުންވި ނަން ދީމާ ލިޔެފައިވާ ސިޓީގައިވާ ގޮތަށް “އިކްރާމް” މިނަން އޭނާއާ ހަވާލުވެފައިވާ މައިންބަފައިން ވަނީ ކިޔާފައެވެ. މިއީ އިކްރާމްގެ ފުރަތަމަ ފަހަރަށް އިރުގެ އަލިކަން ހުރި މާހަޢުލަކަށް އައި ދުވަސް ކަމުން މަޖާވެފައި ދެފަރާތަށް ބަލަމުން، ނުހަނު އުފާވެފައި އިންދައި ކުއްލިއަކަށް އިވުނު ގަދަފަދަ ބާރުގަދަ އަޑެއް އިވިއްޖެއެވެ. ތުއްތުއިކްރާމް އުޑާދިމާ މައްޗަށް ނަޒަރުހިންގާލީ އެވަގުތު ފެނުނު ހައިރާން ކުރުވަނިވި ބޮޑު ބިޔަ މަތިންދާބޯޓު ހުރަސްކޮށްލާފައި ދިޔަތަން ފެނިފައެވެ. މިއީ އޭނާއަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއް ދުށް ފަހަރެވެ. އޭނާ އުރައިގެން ހުރި ބައްޕަ އެއީ ކޮންއެއްޗެއްކަން ބުނެދީ ވާހަކަތައް ދައްކައި ހެދުމުން އިކްރާމް ތުއްތު އަޑުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ދުވަހުގެ އިރުއޮއްސެން ގާތްވުމުން ތައުގީގު އިކްރާމް ގޮވައިގެން ގެއަށް އައީ ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށް ހިތްހަމަޖެހިފައި ހުރެގެންނެވެ.

ދުވަސްތަކެއް ފާއިތުވެފައި އިކްރާމަށް އެއްއަހަރު ފުރިއްޖެއެވެ. އެކަމުގެ އުފަލުގައި އޭނާއަށް ހަދިޔާތައް ޝީލާގެ ކްލާސްކުދިންތައް ވެގެން ގެނެސްދީ ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނެވެ. ކިތަންމެ މަޖާވެފައި ލޯބި އަޑުއަޑު ލައްވަމުން ދިޔަ ތުއްތު އިކްރާމަށް ފޯރިއާއެކުގައި ވަށައިގެން ތިބި ކުޑަކުދީން ފެނިގެން އުފަލުން ފޮޅިފައި އިނަސް އޭނާ ހާލަތާއި ސިއްޙަތުވަނީ ވަރަށް ބަލިކޮށެވެ. ފުއްޕާމޭގައި އާއި އެތެރެހަށީގައި ދަވަޔާއި ފެންހެދިގެން ނޭވާލުމަށް ދަތިތަކެއް ވެގެން އިކްރާމަށް އޮކްސިޖަން ދީގެން ނޭވާލުން މިއީ އޭނާއަށް ދުނިޔޭގައި ދިރިހުރުމަށް ހޭދަކުރުމަށް އޮތް ހަަމައެކަނި ގޮތެވެ. މި ނިމެތިކަން އޭނާއަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ދީމާގެ ފިރިމީހާ އިކްރާމުގެ އަސްލު ބައްޕަގެ ފަރާތުން ތަޙައްމަލު ކުރަން ޖެހުނު ނިކަމެތި ކަމަކުންނެވެ. އުޒޭރަށް ވަނީ އެއިޑްސް ބަލިޖެހިފައެވެ. އޭގެ ޝިކާރަކަށް ދީމާވުމުން އޭނާ ދުނިޔޭގައި ހުރުމުގެ ދުވަސްތައް ކުރުވިއަސް ބަނޑުގައި އޮތް ދަރިފުޅަށް ދުނިޔޭގެ އަލިކަން ކުޑަހިނދުކޮޅަކަށް ލިބުނަސް އެއީ ދިމާގެ ހިތަށް ލިބޭނެ އުފަލަކަށް ވުމުން އޭނާ އޭރުގައި އައީ އެކިގޮތްތަކުން މާބަނޑު ދުވަސްވަރުގައި އޭނާއަށް ވީވަރަކުން ސިއްޙަތައް އިސްކަންދެމުންނެވެ.

ދުވަހުގެ ހަވީރުގެ ވަގުތެކެވެ. އިކްރާމް އޮތީ ކުޑަ އެނދުގައި ބާއްވާފައިއެވެ. ތަޢުފީޤު އިނީ ކުޑަކުދިންގެ ވާހަކަ ފޮތެއް ހިފައިގެން އިކްރާމަށް ވާހަކަ ކިޔައިދޭށެވެ. އިރުއޮއްސެން ގާތްވެފައި ވަނިކޮށް ކުޑަކޮށް ނިދިފައި އޮތް އިކްރާމަށް ކޮށިއަރައިގެންފައި، ހޮޑު ލެވިއްޖެއެވެ. ތައުފީޤު އަވަހަށް ރުމާ ނަގައި އިކްރާމްގެ ތުން ފުހެލައި ލެވިފައި ހުރި ހޮޑު ސާފުކޮށްލި ވަގުތު ހޮޑުގައި ދަވަޔާއެކު ލޭ ހުރިކަން ފާހަގަ ކުރެވިއްޖެއެވެ. އޭނާގެ މޭގަނޑު ގުޑައިގެން ދިޔައީ ނިދީގައި، ފުންނޭވާ ލަމުން ދިޔަ އިކްރާމްގެ މޫނުގެ ކުލަ ފަނޑުވެ ހުދުވާން ފަށާފައިވާތީއެވެ.

އަތްމަތި އަވަސް ކޮށްލައި ވޮލެޓާއި ފޯނު ނަގައި ޖީބަށް ލައިގެން އަވަހަށް ކުއްޖާ ނަގައި ކޮނޑަށް ލައިގެން ހޮސްޕިޓަލާ ހަމައަށް މިސްރާބު ޖެހީ ތެޅިފޮޅެމުން ފިޔަވަޅުތައް އަވަސް ކުރަމުންނެވެ. މި ވަގުތު ތައުފީޤަށް ވެސް ހާސްވެފައި ހުރިވަރުން ކަންތައް ކުރަންވީ ގޮތް ވަނީ އޮޅޭގޮތް ވެފައެވެ. ބާރަށް ނެގިޖެހިމުންދާ ހިތަށް ކުރި އަސަރަކުން އޭނާ ތުރުތުރު އަޅަނީއެވެ. ހޮސްޕިޓަލަށް ވަނުމާއެކުގައި އިކްރާމަށް ފަރުވާދޭން ފެށިއްޖެއެވެ. ދެފަރާތައް ހިނގާލަ ހިނގާލާ ހުރި ތައުފީޤުގެ ހާސްކަން އިތުރުވީ އޭނާ އަތުގައި ލޭ އުނގުޅިފައި އޮތް ކުޑަރުމާ ފޮތިކޮޅު ފެނިގެނެވެ. ގިނައިރެއް ނުވެ ޝީލާއާއި އޭނާގެ މަންމަ ހޮސްޕިޓަލަށް އައުމުން ތައުފީޤަށް ހަމަޖެހުމެއް ލިބުނަސް އޭނާގެ ހިތް ވަނީ ނުތަނަވަސްކަމެއްގައެވެ.

މިހާރު އައިސީޔޫގައި ނޭފަތަށާއި އަނގައަށް ހޮޅިލައްވާފައި އޮތް އިކްރާމުގެ ވަރުދެރަވެފައިވާ ނިކަމެތި ހަށިގަނޑުގެ ހަކަތަ މަދުވުމާއެކު، ލޭ ބޭނުން ވާތީވެ އެކަން ކުރަންވެސް މިހާރު ބައްޕައަކަށް ހުރި ތައުފީޤު މަސައްކަތް ކުރިއެވެ. އިކްރާމުގެ އެތެރެހަށީގެ ގުނަވަންތަކަށް ބޭނުންވާ ވަރަށް ލޭ ދައުރުނުުވުމާއި މޭގައި ދަވަޔާއި ފެންހެދިފައި ހުރުމުން ހަކަތަ މަދުވުމާއެކު ނޭވާލުމުގެ ނިޒާމަށް ދަތި ހުރަސްތަކެއް ކުރިމަތި ވަނީއެވެ.

އެރޭ ގަޑިން ދިހައެއް ޖެހެމުން ޑޮކްޓަރު އައިސީޔޫއިން ނިކުމެ ދިން ހިތްދަތި ޚަބަރުން ތައުފީޤުގެ ހިތްފަޅައިގެން ދިޔަފަދައެވެ. ހިތަށް ކުރި ދަތި އިޙްސާސުން، ދެލޯ ފުރިގެން ކޯތާފަތްމަތިން ތިރިއަށް ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ކެތްތެރިކަން އިސްކުރިއެވެ. އަދި ހިތަށް ހަމަޖެހުން ގެނެވޭތޯ މަސައްކަތް ކުރީ، ތުއްތު އިކްރާމަށް ކުޑަދުވަސްކޮޅަކަށް ވިޔަސް، އެންމެ ފަހުވަގުތާ ހަމައަށްވެސް، އަމިއްލަ އުފަން ބައްޕައަށް ނުވިއަސް ބައްޕައެއްގެ ފަރާތުން ދޭންޖެހޭ އަދި ލިބެންޖެހޭ އޯގާތެރި ލޯބިން އެންމެ ތަންފުކެއްވެސް އުނިނުކޮށް ދެވުނީމައެވެ. ބިރުވެރި ނުރައްކާތެރި އެއިޑްސް ބަލީގެ ޝިކާރައަކަށް ވި އެއްވެސް ކުށެއްނެތް މަޢުސޫމު ތުއްތު ކުއްޖާއަށް ދުނިޔޭގެ އަލިކަން ލިބި ދިރިއުޅެން ލިބުނު މަދު ދުވަސްތަކުގައި، އިރުގެ ނަލަނަލަ އަލިކަން ވެރިވެފައިވާ ފެހިކަމުން ފުރިގެންވާ ބަގީޗާގައި ހޭދަކުރެވުނު އެވަގުތަކީ، ފުރަތަމަ ފަހަރަށް އެފަދަ ރީތި މަންޒަރެއް ފެނުނު ވަގުތެވެ. އަދި އެބަގީޗާ، އިކްރާމަށް ފެނުނީ މި ފަނާވަނިވި ދުނިޔޭގެ ތެރެއިން، މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި ފެނުނު ދުނިޔެމަތީ ލެއްވި ސުވަރުގޭގެ މަންޒަރެއް ފަދައިންނެވެ،

= ނިމުނީ =

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment