ޚަބަރު
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން”ގެ ރައީސަކަށް މުހައްމަދު ފަރުސަތު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ރުހުންދީފިއެވެ.

މީޑިއާ ކޮމިޝަނުގެ ހަތް މެމްބަރުންނާ އިންޓަވިއު ކުރުމަށް ފަހު، ކޮމިޓީން ކަނޑައަޅާފައިވަނީ ފަރުޝަތަކީ ރައީސް ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ.

މީޑިއާ ކޮމިޝަނުގެ ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ ހަތް މެންބަރުން ހިމެނޭ ކޮމިޝަނުގެ ރައީސަކު އައްޔަން ކުރުމުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހުރިހާ މެންބަރުންނާ ވެސް އިންޓަވިއުކޮށްފައެވެ.

އޭގެ ފަހުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުވެވަޑައިގެންފައި ވަނީ މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުސަތު އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ކޮމިޓީގެ މި ނިންމުމަށް މަޖިލީހުގެ ތަޅުމުގައި އަދި ވޯޓަށް އަހާނެ އެވެ. ކޮމިޝަނުގެ ރައީސް ކަމަށް ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓަށް ފަހުއެވެ.

ފަރުޝަތު ވަނީ މިހާރު އުވާލާފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވައިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment