ޚަބަރު
ފުލުހުންގެ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާލެވޭނެ ޙާލަތްތައް ކަނޑައަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ އަދި އެއްކުރާ ލިޔެކިޔުންތައް ނައްތާލެވޭ ޙާލަތްތަކެއް ކަނޑައަޅައިފިއެވެ. މިގޮތުން، ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް އިސްލާހު ގެނެސް، މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާލުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މިއީ މި ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހެވެ.

މި ގަވާއިދުގައިވާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރައްކާތެރިކޮށް ބަލަހައްޓަން ޖެހެއެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 8 އަހަރު ދުވަސް ވާންދެން ބަލަހައްޓަން ޖެހޭއިރު، ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 3 އަހަރު ދުވަސް ވަންދެން ބަލަހައްޓަން ޖެހެއެވެ. ދަޢުވާކުރަން ފޮނުވިފައިވާ މައްސަލައެއް ނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ރިކޯޑުތައް ބެލެހެއްޓުން ލާޒިމްވެއެވެ. ގަވާއިދު ކުރިން އޮތް ގޮތުން މި މުއްދަތުތައް ހަމަވުމުން ލިޔެކިޔުން ނައްތާލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް، މިހާރު ގެނެވުނު އިސްލާހުގައި، އެފަދަ ލިޔުންތައް ނައްތާލެވޭނެ ދެ ޙާލަތެއް ކަނޑައަޅާފައިވެއެވެ. ފުރަތަމަ ޙާލަތަކީ، ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލުމުގެ ބާރު، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ލިބިގެންދިއުމެވެ.

ދެވަނަ ޙާލަތަކީ، ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި ދަޢުވާ އުފުލޭ ވަރަށް ހެކި ލިބިފައިނުވާ މައްސަލައެއް ނަމައެވެ. މިފަދަ ހާލަތެއްގައި، މައްސަލަ ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ލިޔުންތައް ނައްތާލެވޭނެއެވެ. ނަމަވެސް، މިގޮތަށް ނައްތާލުމަށްޓަކައި، އެ މައްސަލައެއްގެ ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް، އެފަދަ ހެއްކެއް އަލުން ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ޤަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން އެންޑޯޒްމަންޓެއް ހުށަހަޅަން ޖެހެއެވެ.

މި އިސްލާހުގެ ސަބަބުން، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެ، ބޭނުން ނުވާ ލިޔުންތައް ނައްތާލުމުގެ ޤާނޫނީ ބާރު ލިބިގެން ދިޔައީއެވެ. މި ގަވާއިދަށް ގެނައި މި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment