ޚަބަރު
ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އައްޑޫސިޓީއަށް 1.6 މެގަވޮޓްގެ ޖެނެރޭޓަރެއް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1.6 މެގަވޮޓުގެ ބޮޑު ޖެނެރޭޓަރެއް އެ ސިޓީއަށް ގެންގޮސް ބާލައިފިކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މި ޖެނެރޭޓަރު ގެންދިޔުމަކީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ފެނަކަ ކޯޕަރޭޝަނުން ‘އެކްސް’ (ކުރީގެ ޓްވީޓާރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު އައްޑޫ ސިޓީއަށް ގެންގޮސް ބާލާފައިވާ ކަމަށާއި، މިއީ އެ ސިޓީގެ ކަރަންޓުގެ ޑިމާންޑަށް ދިމާވެފައިވާ ދަތިކަން ކުޑަކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށްޓަކައި އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

މި ޖެނެރޭޓަރުގެ އިތުރުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނައި ކަމިންސް ބްރޭންޑްގެ 1.8 މެގަވޮޓްގެ އާ ދެ ޖަނަރޭޓަރު ވަނީ މިހާރު މާލެ ގެނެސްފައެވެ. މި ދެ ޖެނެރޭޓަރު ވެސް އަވަސް މުއްދަތެއްގައި އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ފެނަކަ އިން ދަނީ ކުރަމުންނެވެ. މި ބޮޑެތި ޖެނެރޭޓަރުތައް ބޭނުންކުރަން ފެށުމުން، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފެނަކަ އިން ވިދާޅުވެއެވެ.

ފެނަކައިން ބުނާ ގޮތުގައި، މި ޖަނަރޭޓަރުތައް އައްޑޫއަށް ގެންދެވި ހިސާބުން އެ ސިޓީގެ ކަރަންޓުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ދިގު މުއްދަތެއްގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބިގެންދާނެއެވެ. މި މަސައްކަތްތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ދެވޭނެކަމަށް އުންމީދު ކުރެވެއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ އަދި ދުރު ރާސްތާގެ ހައްލެއް ހޯދުމަކީ ސަރުކާރުގެ އިސްކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ އަދި ފުވައްމުލަކު ސިޓީގައި މިއަހަރު ތެރޭގައި ގާއިމްކޮށް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ދެ ސިޓީގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނީ ދަތިކަމެއް ނެތި ކަރަންޓް އުފެއްދޭނެ މިންވަރަށެވެ. އަދި “މި މަޝްރޫއު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެން،” ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ދެކުނުގެ ސިޓީތަކުގެ އިގްތިސާދީ ތަރައްގީއަށް އެޅޭނެ ބިންގަލެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment