ޚަބަރު
ސްޓެލްކޯ އިން 74،000 އަށްވުރެ ގިނަ ގަސް އިންދައިފި

ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން ހިދުމަތްދޭ ރަށްރަށުގައި 74،000 އަށްވުރެ ގިނަ ގަސް އިންދައިފި އެވެ.

މި ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ސްޓެލްކޯއިން މިއަދު ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމުލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ. ސްޓެލްކޯއިން ވަނީ ސަރުކާރުގެ “ފަސް އަހަރުން ފަސް މިލިއަން ގަސް” ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ހާއްސަ ހަރަކާތެއް ފަށައިފަ އެވެ. މި މަސައްކަތުގައި ސްޓެލްކޯއިން ދަނީ އިސްކޮށް ބައިވެރިވަމުންނެވެ.

ސްޓެލްކޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުމެވެ. މިހާތަނަށް އިންދާފައިވާ ޢަދަދަށް ބަލާއިރު، މި ޕްރޮގްރާމް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފާހަގަކުރެވެ އެވެ. ސްޓެލްކޯއިން ހިދުމަތްދެމުންދަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ރަށެއްގަ އެވެ. މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހިދުމަތް ދެމުންދާ ހުރިހާ ސަރަހައްދެއްގަ އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓަށް ލޯބިކޮށް، ގަސްގަހާގެހި ގިނަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަރަށް މުހިންމު ވައުދެކެވެ. ރައީސް ވިދާޅުވެފައިވަނީ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުން ކަމަށެވެ. ގަސް އިންދުމުގެ މި ޕްރޮގްރާމްގައި ސްޓެލްކޯއަކީ އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ އެއް ކުންފުންޏެވެ.

މިފަދަ ބޮޑެތި ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަކީ ސަރުކާރުގެ މި ބޮޑު ޕްރޮގްރާމުގެ ކާމިޔާބީއަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ސްޓެލްކޯއިން މިހާރުވެސް މިދައްކާ އަދަދުތަކުން އެނގޭ ގޮތުގައި އެ ކުންފުނިން ދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހިފެހެއްޓުމަށާއި، ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންނެވެ. މި މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ސްޓެލްކޯއިން ވަނީ އަޒުމް ކަނޑައަޅާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment