ޚަބަރު
ބާސެލޯނާގެ ކޯޗަށް ސަސްޕެންޝަނެއް

ބާސެލޯނާގެ ހުނަރުވެރި ކޯޗު ހަންސީ ފްލިކަށް ކުރިމަތިވި އަދަބު އިސްތިއުނާފު ކުރުމުގެ މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާ 2-1 އިން މޮޅުވި ނަމަވެސް، ފަހު މިނެޓުތަކުގައި ފްލިކަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އޭނާއަށް އަދަބު ދެވުނެވެ.

މި އަދަބާ ގުޅިގެން، ރެއާލް މެޑްރިޑާ ދެކޮޅަށް އާދީއްތަ ދުވަހު ކުޅޭ ސްޕެނިޝް ލީގުގެ މުހިންމު މެޗުގައި ފްލިކަށް ބެންޗުގައި އިނދެ އިރުޝާދު ދިނުމުގެ ފުރުޞަތު ގެއްލިގެން ދާނެއެވެ.

ބާސެލޯނާއިން މި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، ސްޕެނިޝް ލީގުން ނިންމީ އެކަށީގެންވާ ހެކި ހުށަހެޅިފައިނުވާ ކަމަށެވެ. އެހެންކަމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް މެޗުގައި ފްލިކަށް ބެންޗުގައި އިނުން މަނާވެގެންދާނެއެވެ. އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިންނަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ތިއާގޯ އަލްސަންޓާރާއެވެ.

ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަދައްކަމުން ފްލިކް ބުނެފައިވަނީ ފުރަތަމަ ދެއްކި ރީނދޫ ކާޑުގައި ސަބަބެއް އޮތް ނަމަވެސް ރަތް ކާޑު ދެއްކި ސަބަބެއް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، ސްޕޭނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފްލިކް އެހާ ބޮޑަށް ހިތްހަމަނުޖެހުނީ ދެވަނަ ހާފުގައި ޑިފެންޑަރު ޕައު ކުބަރްސީ ޖެހި ގޯލު ރެފްރީ ބަލައިނުގަތުމާ ގުޅިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment