ޚަބަރު
އއ. އުކުޅަސް ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް: އެމްޓީސީސީ

އއ. އުކުޅަސް ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢުއެކެވެ.

އެމްޓީސީސީން ދާދިފަހުން ޢާންމުކުރެއްވި މައުލޫމާތުގައި ވިދާޅުވީ، އުކުޅަސް ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ މިހާރުގެ މަރުޙަލާގައި ގްރައުންޑް ލެވެލް މެޝިނަރީގެ މަސައްކަތްތަކާއި އަދި ޢިމާރާތުގެ ޕްލާސްޓަރިންގ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ނިމުމުން އުކުޅަސް ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ލިބޭނެ ފަސޭހަ މަގެއް ހުޅުވިގެންދާނެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތެއްގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

އެ އަމާޒަށް ވާސިލުވުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ބިނާކުރުމާއި، ކުދި ރަށްރަށުގައި ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުން، އަދި ކޮންމެ ރަށެއްގައި ވެސް ޕޮލިސް ޑެސްކުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ހިންގަމުންނެވެ. މިގޮތަށް ފުޅާކުރުމުގެ ސަބަބުން ކޮމިއުނިޓީ ޕޮލިސިންގ ގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތުގެ ވިއުގަ ފުޅާކުރުމަކީ ރާއްޖޭގައި ކުށް ރޭޓު ތިރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަމެކެވެ. އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު މާރާމާރީތަކަށް ހައްލު ހޯދައި، ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އުކުޅަސް ފުލުހުންގެ މަރުކަޒު ޤާއިމުވުމަކީ އެ ސިޔާސަތުގެ ދަށުން އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment