ޚަބަރު
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާ ބައްދަލުކުރާ އިރު، މާތް اللهގެ ވަލިއްޔުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތް: ޚުތުބާ

ތަޤުވާވެރިވާ ކޮންމެ މީހަކީ، މާތް اللهގެ ވަލިއްޔަކަށްވާއިރު، ޤިޔާމަތްދުވަހުގެ ބިރުވެރިކަމާ ބައްދަލުކުރާ އިރު، އެބައިމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި، އަދި ދުނިޔެމަތީގައި އެބައިމީހުން ދޫކުޅަ ކަންތަކަށް ހިތާމައެއްވެސް ނުކުރާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގެ މައުލޫއަކީ “މާތް اللهގެ ވަލިއްޔުން” މިއެވެ.

މާތް الله ވަޙީކުރައްވައިފައިވެއެވެ. اللَّهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إِيْـمَانވެ، تقوىވެރިވެއުޅުނު މީހުންނެވެ. ދުނިޔޭގެ حَيَاةُގައްޔާއި، آخِرَةُގައި އެއުރެންނަށް އުފާވެރިކަމުގެ خَبَرُ ހުށްޓެވެ. اللَّهގެ كَلِمَةފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نَصِيْبُލިބުމަކީ ހަމަ އެއީއެވެ.” اِبْنُ كَثِيْر -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ.

މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުމެވެ. އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ.

މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެެވެ.

ޚުތުބާގައި ބުނީ ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ ކަމަށާއި، އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުމެވެ. އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުމެވެ. އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް ކަމަށެވެ.

އަދި މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެއް ކަމަށާއި، މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށާއި،  މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެއް ކަމަށް ޚުތުބާގައި ބުނެފިއެވެ. އަދި މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށާއި، މިފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ގޮވައިލަާ ކަމަށް ޚުތުބާގައި ބުނެފިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment