ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، ރަސްމީ ދަތުރުފުޅެއްގައި ވިއެޓްނާމަށް ވަޑައިގެންފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ވަޒީރު ހަލީލް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ވިއެޓްނާމްގެ ހަނޯއީއަސް މިހާރު ވަޑައިގެންފައިވާ ކަމަށެވެ. ވަޒީރު ހަލީލް އެ ގައުމަށް ވަޑައިގެންނެވީ ސައިބާ ކްރައިމާއި ދެކޮޅަށް ސުނައިޑެޓް ނޭޝަންސްގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ވިއެޓްނާމާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ހަލީލް ވަނީ ވިދާޅުވެފައެވެ.

