އައްޑޫ ސިޓީ ހިތަދޫގެ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުންނަ “ގާހަކި” ނަމަކަށް ކިޔާ ގެއެއްގެ ތެރޭގައި ބުދަ ދުވަހު ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ސ. ހިތަދޫ، ކުރޭނގެ، އިބްރާހިމް އަބްދުﷲ 60، އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު 52، ގެ ހަށިގަނޑު ވަޅުލައިފިއެވެ.
އެ ދެމަފިރިންގެ ހަށިގަނޑު ވަޅުލާފައިވަނީ ކައިރި ކައިރީގައެެވެ. ދެމަފިރިން މިދިޔަ ބުދަ ދުވަހުގެ ހަވީރު ނިޔާވެފައި ތިއްބާ ފެނުނު އިރު، އެކަން ވީ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގި، ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ.
ުފުލުހުން ބުނީ ދެމަފިރިންގެ ހަށިގަނޑުގެ ސުންކު ނަގާފައިވާ ކަމަށާއި އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.
ދެމަފިރިންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު ކުރިއަށްގެންދިޔައިރު، އަންހެން މީހާގެ ކަށުނަމާދު ކުރިއަށްގެންގޮސްފައި ވަނީ މަރަދޫގައެވެ. އަދި ފިރިހެން މީހާގެ ކަށު ނަމާދު ކުރިއަށް ދިޔައީ ހިތަދޫގައެވެ.

