ޚަބަރު
އައްޑޫ ސިޓީގަ ވަކި ކައުންސިލްތަކެއް ގާއިމުކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓުލާން ފަށައިފި

އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފިއެވެ.

އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް އައްޑޫ އާއި މާލޭގައެވެ.

މާލޭގައި ހަަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކުރި ވޯޓާސް ލިސްޓްގައިވާ ގޮތުން، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. މި ވޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފައެވެ.  އޭގެ ތެރެއިން ފޭދޫން 4،355 މީހުންނާއި ހުޅުދޫން 2،874 މީހުން އަދި މީދޫން 2،347 މީހުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފޭދޫގައި ފަސް ވޯޓުފޮށި ބަހައްޓާއިރު، ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށެއްގައި ތިން ވޯޓުފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ކަލާފާނު ސްކޫލުގައި ހަތް ވޯޓުފޮށި ބަހައްޓާނެއެވެ.

ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގައި ކުރިއަށްދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment