ޚަބަރު
އަހަރުގެ އެންމެ ފަހު ފިލްމަކަށް “އަލްވަދާއު”

މި އަހަރު ރިލީޒް ކުރާ ފަހު ފިލްމު ކަމުގައިވާ ޑާކް ރެއިން އެންޓައިންމަންޓްގެ އާ ފިލްްމު “އަލްވަދާއު” ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ޑިސެންބަރު 1 ގައި ޕްރީމިއާ ކުރަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

“އަލްވަދާއު” ގެ ލީޑް ރޯލުން ފެނިގެންދާނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއްގައި ބަތަލާގެ ރޯލު ކުޅެފައިވާ މަރިޔަމް މަޖުދާ އާއި މަޝްހޫރު ތަރި ޝަރަފު އަބްދުﷲ އެވެ.

ޝަރަފްގެ އަންހެނުން ޕްރޮޑިއުސަރ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “އަލްވަދާއު” ގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި ނުޒުހަތު ޝުއައިބާއި އައިޝަތު ލައިޝާ ލަތީފާއި އިސްމާއީލް ޖުމައިހާއި ދަރާ މުހައްމަދު ރަޝީދު ހިމެނޭއިރު، މި ފިލްމަކީ ޑާކްރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.

ޑާކްރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ މި މަހުގެ ކްރައިމް އެކްޝަން ތުރިލާ “އަލިފާން” އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment