އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވެ، ދެ ރަށަށް ވަކި ދެ ކައުންސިލް އުފައްދަންކަމަށާއި، ނަމަވެސް ފޭދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއަދު އައްޑޫ ރައްޔިތުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓެކެވެ.
ނެގުނު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި އައްޑޫ ސިޓީ މީދޫގައި ވަކި ކައުންސިލެއް އުފައްދަން ބޭނުންވާ ކަމަށް ވޯޓުލީ މީހުންގެ އިންސައްތަ އަކީ %84 އެވެ.
އިތުރު ތަފްސީލް އަންނަނީ…

