ޚަބަރު
ޑްރަގް ވިޔަފާރީގައި ވާގިވެރިވާކަމަށް ތުހުމަތުކޮށް އެމެރިކާއިން ކޮލޮމްބިއާގެ ރައީސަށް ފިޔަވަޅު އަޅައިފި

އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތުކޮށް، ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މީގެ ކުރިން ގާތްގުޅުމެއް އޮތް މި ދެ ގައުމުގެ ގުޅުން ހީނަރުވާން ފެށީ، މަސްތުވާތަކެތީގެ ވިޔަފާރިއަށް ޕެޓްރޯ ވާގިވެރިވަމުންދާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން، އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ވައިގެ ޙަމަލާދީ ފައްތާލައިފައިވާއިރު، މަސްތުވާތަކެތި އުފުލާކަމުގެ އެއްވެސް ހެއްކެއްނެތި، އެ އުޅަނދުތަކަށް އެމެރިކާއިން ދޭ ޙަމަލާތައް ކުށްވެރިކުރައްވައި، ޕެޓްރޯ ވަނީ ޓްރަމްޕް އިސްވެ، ގަސްދުގައި މީހުން ޤަތުލުކުރާކަމުގެ  ތުހުމަތުވެސް ކުރައްވާފައެވެ.

ޕެޓްރޯގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން، އަދި ކޮލޮމްބިއާގެ އިންޓީރިއަރ މިނިސްޓަރާ ދެކޮޅަށް އެމެރިކާއިން މިއަދު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

މި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެ މީހުންގެ މުދަލާއި ފައިސާގެ އިތުރުން، އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެ މީހުންނާއެކު އެއްވެސް ވިޔަފާރިއެއް ހިންގުން މަނާވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment