ޚަބަރު
ސިނގިރޭޓު ކޮންޓޭނަރުތަކުގެ މައްސަލަ: އެޕޯލޯގެ ވެރިޔާ ވަޙީދު، ޝަރީޢަތް ނިމެންދެން ބަންދަށް

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށްނެގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ވަހީދާއި އިތުރު ބަޔަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލާގައި ވަހީދާއި، އިތުރު ވިޔަފާރިވެރިއެއްގެ އިތުރުން، ކަސްޓަމްސްގެ އޮފިސަރަކާއި އަދި އާއްމުންގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ވަހީދުގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ނެރެދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު އިއްޔެ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އުމުރުން 42 އަހަރުގެ އަހުމަދު ޝަމީމް އާއި، ހ. ރުމޭނިއާ، އުމުރުން 35 އަހަރުގެ އަހުމަދު ފިރުޝާން އާއި، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، އުމުރުން 35 އަހަރުގެ ހުސައިން ސާމިހެވެ.

މި މީހުންގެ ތެރެއިން އަހުމަދު ޝަމީމާއި ހުސައިން ސާމިހް 7 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އަހުމަދު ފިރުޝާން 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރު ނެރެދެއްވާފައެވެ. މި ތިން މީހުން ހިމެނޭގޮތަށް މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައިވާއިރު، އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުވެސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment