ޚަބަރު
ގައުމު ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެ: މެޑަމް ސާޖިދާ

ގައުމު ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އަމިއްލަ މުވައްސަސާއެއްގެ ގޮތުގައި ކްލިކް ކޮލެޖުން ދަރިވަރުން ބިނާކުރުމުގެ ގައުމީ ޚިދުމަތުގައި ކުރަމުންގެންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ފާހަގަކުރައްވާފައެވެ. އަދި 25 އަހަރުގެ ޚިދުމަތުގެ ދަތުރުގައި ތަފާތު އެކި ހުރަސްތައް ގިރާކުރަން ޖެހޭނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ކްލިކް ކޮލެޖް އުފެދިފައިވަނީ 2000 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގައުމު ބިނާކުރުމުގައި ދީނީ ގޮތުން ރަނގަޅު އަހުލާގާއި ސުލޫކު ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށާއި، ސިއްހީގޮތުން ނުރަނގަޅު ކަންކަމުން ޒުވާނުން ދުރުހެލިކުރުވުމަށްޓަކައި ޖެނަރޭޝަނަލް ބޭންފަދަ ގައުމީ ހަރަކާތްތައް ސަރުކާރުން ކުރިއަށް ގެންދަވާކަމަށެވެ. މީގެއިތުރުން ގައުމީ ލޯބި އިތުރުކުރުމަށްޓަކައި ދިވެހި ވަތަނީ ޚިދުމަތާއި ދިވެހި ގައުމިއްޔަތު އިއާދަކުރެއްވުމާއި، އިހްތިރާމް ދަސްކޮށްދިނުމުގެ ގައުމީ ހަރަކާތްތައް ސަރުކާރުން ކުރިއަށްގެންދާއިރު، މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމިއްލަ ފަރާތްތަކުން ހިންގާ ތައުލީމީ މުވައްސަސާތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ގައުމު ބިނާކުރުމަކީ އެންމެންގެ ކަމެއް. ގައުމެއްގައި އޮންނަނީ މައިގަނޑު އެއް އަމާޒެއް. އެއް މަންޒިލެއް. އެ އަމާޒުހިފެހެއްޓުމުގައި އެ މަންޒިލަށް ވާސިލްވުމުގައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް އެ ޤައުމެއްގެ ހުރިހައި އަތްތަކަކުން ހުރިހައި ސިކުނޑިތަކަކުން ކުރަންޖެހޭ. އެހެންވީމާ ގައުމު ބިނާކުރުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ކިތަންމެހާވެސް މުހިންމު،” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ހަފްލާގައި ވަނީ ކްލިކް ކޮލެޖަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައެވެ. އެއީ މެނޭޖަރ އަލީ ރަޝީދާއި ސުޕަވައިޒަރ ހަސަން ނާސިހްއެވެ. މީގެއިތުރުން، ކްލިކް ކޮލެޖްގެ ފަރާތުން ދެއްވާ 1 ލައްކަ ރުފިޔާގެ ސްކޮލަރޝިޕް މުޙައްމަދު އަޝްފާންއަށް ވަނީ ދީފައެވެ. ކްލިކް ކޮލެޖުން ދަނީ ތަފާތު ގިނަ ކޯސްތައް ކުރިއަށްގެންދަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment