ޚަބަރު
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ތިން ބިދޭސީއަކު ހައްޔަރަށް!

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީން ހައްޔަރުކޮށްފައި ވަނީ ބަންގަލަދޭޝް އަށް ނިސްބަތްވާ ތިން މީހެއް ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެއީ އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް، 19، އާއި އެ ގައުމުގެ އެމްޑީ އަޝްރަފުލް އަލަމް، 27، ގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ޔާސިރު ހަމީދު، 24، ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ 3 މީހުންވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ވެސް ފެނިފައިވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment